ފެންޑާ
އަހަރެންގެ “ބެސްޓް ބަޑީ”

ޗައިނާގެ ވޫހާންއިން 2019 ވަނަ އަހަރު މަޑުމަޑުން ފެތުރެމުން އައި ރޯގާ ދުނިޔެ ފަތަހަކޮއްލީ މަދު ދުވަސްކޮޅަކުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ކުޑަ ކަކުލަށް ތިރިކޮލުމަށްފަހު ދުނިޔޭގެ ކުދި ބޮޑު ޤައުމުތައްވެސް ފޮނުވާލީ ބިރުވެރިކަމެއްގެ ތެރެއަށެެވެ. އައިތަނެއް ޔަގީނެއް ނުވެއެވެ. ޗައިނާގެ ވޫހާންގައި ހުރި ރީސާޗް ލެބަކުން ލީކުވި ވައިރަހެކޭ ކިޔާތީ އަޑުއެހީމެވެ. ސައިންސްވެރިން މިވާހަކަތަކާ އެންމެ ފުރިހަމަޔަށް ތާއީދެެއްވެސް ނޫނެވެ. ނަމަވެސް މިކަމުގެ ވާހަކަތައް ގިނަ އަދަދެއްގެ ބަޔަކު ދައްކާތީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިކަން ވީގޮތެއް ވީ އެންމެ އަވަހަކަށް ބަލައި ތަހުގީގުކުރަން އަންގާފައެވެ.

މި ރޯގާގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބައެއް މަރުވާން ފެށުމުން ހައްލެއް ފެންނަންދެން ސިއްޙީ މާހިރުންގެ ލަފައަކަށްވީ އަހަރެމެންގެ މިހާރުގެ އެކުވެރިޔާއާ ގުޅުންބަދަހިކުރާށެވެ. އެއީ މިހާރު އަހަރެމެންގެ ހެދުމުގެ ބަޔަކަށްވެސް ވަނީ ވެފައެވެ. އެއާއި ނުލައި ބޭރަށް ނިކުމެއްޖެނަމަ އަންނަނީ ސަރުކާރަށް ދަރާ ބިލެކެވެ. ރާއްޖޭގެ ގާނޫނުގައި ވާގޮތުން ނިވާކަން ކުޑަ ހެދުން ލުން މަނާކުރާ އުސޫލުން މާސްކު ނާޅާ އުޅުން ވެސް ވަނީ މަނާކޮށްފައެވެ. ޖޫރިމަނާއިން ރެކެން އެޅި މާސްކުގެ ނަތީޖާއަކަށްވީ އެތައް ބަޔަކު މި ރޯގާއިން ސަލާމަތްވުމެވެ. ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު މަދުވަމުންނެވެ. މިއަދު އަހަރުމެން މިއަޅާ މާސްކް އަކީ އަހަރުމެންގެ އެންމެ އަރިސް އެކައްޗެވެ.

އެހެން ނަމަވެސް ޒުވާންފުރާއިގެ އަންހެންކުދިންނަށް މިކަން މިވީ ބޮޑު ތަކުލީފަކަށެވެ. އަގުބޮޑެތި މޭކްޕް ކޮށްގެން ބޭރަށް ދާން މި ޖެހެނީ އެއްބައި މާސްކު ދަށަށްލައި ފޮރުވައިގެންނެވެ. މީގެ ސަބަބުން ހަމަގައިމުވެސް ޚަރަދު ކުޑަވެގެން ދާނެއެވެ. ކުރިން މަސް ދުވަސް ވަންދެން ހިފެހެއްޓި ލިޕްސްޓިކް މިހާރު ހުސް ނުވެ 6 ވަރަކަށް މަސް ހުންނާނެއެވެ. ލިޕްސިޓިކް އަދި މޭކަޕް ސާމާނާށް ކުރަން ޖެހޭ ޚަރަދު ބޮޑު ތަނުން ލުއި ވެގެން ގޮއްސިއެވެ.

މީގެ ކުރިން މޫނުބުރުގާ އަޅައިގެން އުޅޭ މީހުންނަށް ނުސީދާ ގޮތުގައި އާއި ސިއްރުން ހަނގާ ކުރިތަން ވެސް ދިވެހިންނަށް ފެނުނެވެ. ސޯޝަލްމީޑިއާގައި މަޖާކޮށް ޖޯކުޖަހަމުން އެއިރު ދުވި މީހުންވެސް މިއަދު މޫނުބުރުގާއެކޭ އެއްފަދައިން މާސްކު އަޅަން ޖެހުނެވެ. އެއްކަލަ މޫނުބުރުގާ އެޅި ކުދިން ތިބީ ހިތްތިރިކޮށްގެނެވެ. އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. މިއަދު ކޮންމެ މީހަކަށް ހައެއްކަ މާސްކު އޮތުން މުހިންމެވެ. އެއީ އަހަރުމެންގެ “ބެސްޓް ބަޑީ” އެވެ. ހަނދާނުން ކައްސާލަންވެސް މިހާރު އުނދަގުލެވެ. ސިއްހީ މާހިރުންގެ ލަފައަކީވެސް މިއެވެ. ހުރިހާ އެންމެން މާސްކު އަޅައި މިކަމުން އަރައިގަތުމުގެ ގަދަ އަޒުމުގައި ތިބޭށެވެ. މާތްﷲ ގެ ވާގިފުޅުން މިކަމުން އަރައިގަނެވޭނެ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!