ޚަބަރު
ރުގްޔާ ކުރާ ފަރާތްތަކަށް ރަސްމީ އުސޫލެއް ހަދަނީ

ރާއްޖޭގައި ރުގްޔާ ކުރާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ކަނޑައަޅާ ރަސްމީ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ އުސޫލެއް ތައްޔާރުކުރުމުގެ ބޭނުމަކީ ވަކި ފެންވަރެއްގެ ވަކި ބެކްގްރައުންޑެއްގެ ބަޔަކަށް ރުގްޔާ ކުރުމުގެ ހުއްދަ ދިނުންކަމަށެވެ.

ރުގްޔާ ކުރާ މީހުންނާ ބެހޭ އުސޫލެއް ހަދަން ނިންމައި އިސްލާމިކް މިނިސްޓްރީން އެކަމާ ގުޅޭ މަޝްވަރާތައް ފަށާފައިވަނީ ބައެއް މީހުން ނާޖާއިޒު ގޮތުގައި ރުގްޔާގެ ނަމުގައި ނޭދެވޭ ކަންކަން ކުރަމުންދާތީ އެކަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އުސޫލު މި އަހަރުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.

ކޮންމެ މީހަކަށް ރުގްޔާ ކުރެވުމަކީ އާންމުންގެ ކަންބޮޑުވުން އޮތްކަމަކަށްވާއިރު ރުގްޔާ ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވަނީ ކަނޑައެޅޭ އުޞޫލުގެ ތެރެއިން ކަމަށާއި ރުޤްޔާ ކުރުމުގެ ހުއްދަ ދެވޭނީ އެކަމަށް ޝަރުތު ހަމަވާ މީހުންނަށް އެކަނިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެއެވެ.

ރުގްޔާ ކުރުމުގެ ނަމުގައި އެކި ކަހަލަ އަނިޔާ ކުރާ މައްސަލަތައް ފެންމަތިވަމުން އަންނައިރު ރުގްޔާ ކުރުމުގެ ނަމުގައި މިދިޔަ އަހަރު އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރަހީނުކޮށް ހަތް އަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މައްސަލައެއް ފެންމަތިވުމާއެކު އާންމުންގެ މެދުގައި ވަނީ ވަރަށްބޮޑަށް ކަންބޮޑުވުން އުފެދިފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!