ރަޙުމަތްތެރިންނަށް އަބަދުވެސް ފާރަވެރިވުމަށާއި ޙަޤީޤީ ރަހުމަތްތެރިންނަކީ ދަތި ޙާލުގައި އެކުގައި ތިބޭ މީހުންކަމަށް ވިދާޅުވެ ޒިމްބާބުވޭގެ މުފްތީ އިސްމާޢީލް އިބްނި މޫސާ މެންކް ނަސޭޙަތް ދެއްވައިފިއެވެ.
މީސްމީޑިއާ މެދުވެރިކޮށް ކޮންމެ ދުވަހަކު އެތައް ނަސޭހަތެއް ދެއްވާ މުފްތީ މެންކް ވިދާޅުވީ ރަޙުމަތްތެރިންގެ ލިސްޓް އަބަދު ވެސް ބަލަމުން ގެންދިޔުމަށާއި އުފާވެރި ނުވަތަ ތަނަވަސް ވަގުތުގައި އެކީގައި ތިބޭ ރަޙުމަތްތެރިން އެ ލިސްޓްގައި ތިބޭނަމަ އެއީ ރަޙުމަތްތެރިންނާމެދު ވިސްނަން ޖެހޭ ވަގުތު ކަމަށެވެ. އަދި ޙަޤިޤީ ރަޙުމަތްތެރިންނަކީ ޙަޔާތުގެ އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އެކުގައި ތިބޭ މީހުން ކަމަށާއި އެފަދަ މީހުންނަށް ހިތުން ޚާއްޞަ ޖާގައެއް ދޭން ވާނެ ކަމަށެވެ.

