ޚަބަރު
ބީއެމްއެލް ގެ ހިއްސާ އަކަށް 15ރުފިޔާ

މި އަހަރު ބީއެމްއެލް ގެ ކޮންމެ ހިއްސާއަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 80.7 މިލިއަން ދިވެހި ރުފިޔާ ބެހުމަށް އެކުންފުނިން މިއަދު ނިންމައިފއެވެ.

މި އަދަދަށް ފައިދާ ބަހަން ފާސް ކޮށްފައިވަނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީގެ “ފަހި ވޯޓް” ޕްލެޓްފޯމު މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހުރިހާ ހިއްސާދާރުން އިއްތިފާގު ވެގެންނެވެ.

  މި ޖަލްސާ ގައި ވާހަކަ ދައްކަމުން، ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އައި މާލީ ހީނާރުކަމުގެ ތެރޭގައި ބޭންކުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަން ޓިމް ސޯޔާ ފާހަގަ ކުރެއވިއެވެ. އަދި އޭގެ ސަބަބުން މީގެ ކުރީ އަހަރަށް ވުރެ ބޭންކުގެ އާމްދަނީ 60 ޕަސަންޓު ދަށްވި ކަން އޭނާ ފާހަގަކުރި އެވެ.

“އަހަރު ކާމިޔާބު ކަމާއެކު ފެށިގެން ދިޔަނަމަވެސް ކޮވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީ ވަަރަށް ބޮޑަށް ދަށްވެ ބޭންކަށް އެކަމުގެ ބޮޑު ނޭދެވޭ އަސަރެއް ކުރި” –  ޓިމް ސޯޔާ

މި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

 މިއަހަރުގެ ތެރޭގައި 12،000 ވުރެ ގިނަ ކަސްޓަމަރުން ބޭންކާ އަލަށް ގުޅިފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. އަދި ބޭންކުން ދޫކުރި ލޯނުގެ ޖުމްލަ އަގު ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!