ޚަބަރު
ނަޑެއްލާގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ކޯވިޑް19 ގެ ކޭސްތަކެއް ފެނުމާއި އެކު ވަގުތުން މޮނީޓަރިންގ ގެ ޙާލަތަށް ގެންގޮސްފައިވާ ގދ ނަޑެއްލާގެ ޙާލަތު އިތުރަށް ގޯސް ވެދާނެތީ އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގައި ނަޑެއްލާ ރައީސް މުހައްމަދު އަންޝާއު ވިދާޅުވެއްޖެއެވެ.
ރައީސް އަންޝާއު މީގެ ކުޑަ އިރުކޮޅެއް ކުރިން ހުވަދޫ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ 2 ދުވަސް ތެރޭގައި 9 ފަރާތެއް ފައްސި ވެފައި ވާތީ, އެއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ބަލައި އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު މިހާރު އަޅާފައިވާ ކަމަށެވެ. އެގޮތުން 24 ގަޑިއިރުގެ ކާފިއު ފަދައިން ރަށް ބެލެހެއްޓުމާއި
މަސްވެރިކަމާއި އެހެނިހެން ކަންކަމަށް ރަށުން ބޭރަށް ދާ ނަމަ ކައުންސިލްގެ ހުއްދަ ހޯދުމާއި ފިހާރަތައް ބަންދުކޮށް ޑެލިވަރީގެ ޚިދުމަތް އެކަނި ދޭން ނިންމުން އަދި މިސްކިތަށް ގޮސް ނަމާދު ކުރަން ވަގުތީ ގޮތުން ހުއްޓާލުން ހިމެނޭ ކަމަށެވެ.
ރަށަށް ކުރިމަތިވި ކުއްލި ބަލިމަޑުކަމުން އަރައިގަތުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅަން ގދ އަތޮޅު ރައީސް ވެސް ވިދާޅުވެފައިވުމާއި ރައްޔިތުން މިވަގުތު ދެމުންދާ އެއްބާރުލުން ދެމުންދާތީ އެކަންކަން ޝުކުރުވެރި ކަމާއެކު ފާހަނގަ ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅު ތަކަށް ރައްޔިތުން ދެމުންދާ އެއްބާރުލުން ތަކުގައި ހިފަހައްޓައިފި ނަމަ މާގިނަ ދުވަހެއް ނުވެ އާންމު ޙާލަތަށް ގެނެވިދާނެ ކަމަށެވެ.
އާބާދީ ގައި 700 ވަރަކަށް މީހުން ދިރިއުޅޭ ނަޑެއްލާ ގައި މިވަގުތު ތިބީ ކޯވިޑް-19 އަށް ފައްސިވެފައިވާ 10 ފަރާތެކެވެ. އަދި ޝައްކުވާ އެންމެންގެ ސާމްޕަލް ނެގުމަށް ފަހު ޓެސްޓު ހެދުމަށް މިހާރު ވަނީ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވާފައެވެ.

ނަޑެއްލާއިން މިމަހުގެ 13 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ގެނައި މީހަކު ފައްސިވެފައިވާތީ އެރަށްވަނީ މޮނިޓަރިންގ ހާލަތަށް ގެނެސްފައެވެ. އަދި އެފަރާތާއި ގާތުން ދިމާވި ކަމަށް ލަފާކުރެވޭ 10 ފަރާތެއްގެ ސާމްޕަލް ނަގައި ހެދި ޓެސްޓުން އެތަނުން 9 ފަރާތެއް ވަނީ ކޯވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސައުދު އިސްތިއުފާ

    700 ގެ އާބާދީ ރަށުގެ ވެރިޔާގެ ވިސްނުން
    ތިނަދޫ ކައުންސިލްގެ ރުއް އިންދާ ވެރިޔާ 0 ލޮކުޑައުން ނުކުރުމަށް ރުއި ރައީސެއް
    މިކަހަލަ ރޯނު އެދުރުން ބޭނުން ނުވޭ