ރިޕޯޓް
ގދ. މަޑަވެލީ ޢަލީ ނަޞީރު (އަލިބެއްޖާގެ ނަސީރު)

ގދ. މަޑަވެއްޔަށް އުފަން މަޑަވެލީ އަލްމަރްޙޫމް އަލިބެއްޔާގެ ދޮށީ ދަރިންގެތެރޭގައި ހިމެނޭ ޢަލީ ނަޞީރުއަކީ އުފަން ރަށަށް ޚިދުމަތްކުރުމުގައިވެސް ނަމޫނާ ދައްކަވާފައިވާ ފަރާތެކެވެ. ޢަލިބެއްޔާއަކީވެސް މަޑަވެލީގެ ކުރިއެރުމާއި ތަރައްޤީއަށް އެތައް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ހަމަ އެގޮތަށް އަލިބެއްޔާގެ ދަރިންނަކީވެސް މަޑަވެއްޔަށް އެކިއެކި ގޮތްގޮތުން އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް މިއަދާއި ހަމައަށްވެސް ކޮށްދެއްވަމުން ގެންދަވާ ކުޅަދާނަ ފަންނުވެރިންތަކެކެވެ. ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ލޯބިކުރާ މި ޢާއިލާގެ ގިނަ ޚިދުމަތްތެރިން މިއަދު ތިބީ ވެރިރަށް މާލޭގައި ވަޒަންވެރިވެގެންނެވެ. މަޑަވެލީގެ ފަސްގަނޑުގައި މީހުން ދިރިއުޅޭހާ ހިނދަކު މި ބޭފުޅުންގެ އަގުނުކުރެވޭ ޚިދުމަތްތައް އަޅުގަޑުމެން ބަލައިގަންނާނަމެވެ. މިއަދުވެސް މަޑަވެލީގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތުގައި އެ ފަރާތްތަކުގެ ޙިއްސާ އެބައޮތެވެ. 

ޢުމްރާނީ ތަރައްޤީގައި ގދ. މަޑަވެލީގައި އެޅުނު ފުރަތަމަ ފިޔަވަޅަކީވެސް ޢަލީ ނަޞީރުއާއި އެއްބަނޑުއެއްބަފާ އޭނަގެ ކޮއްކޮ މުސްޠަފާއާއި އެ ޢާއިލާގެ މީހުންގެ ހިތްވަރުން ކުރެވުނު ކަމެކެވެ. އަތްގާޑިޔާތަކުގައި, ގެދޮރު ބިނާކުރުމަށް މަޑަވެލި އިރު ދެކުނު ފަރާތުގައި އޮތް ބިޔަ ބޮޑު ދޮންވެލި ފިނޮޅުން ވެލި ބަސްތާ ނަގައިގެން ރަށުގެ މީހުން އުޅޭ ހިސާބަށް ވަލުތެރެއިން އެކުރި ދަތުރު އެންމެ ދެތިން މިނެޓުގެ ކަމަކަށް ބަދަލުވެގެން ދިޔައީ، މި ޢާއިލާއިން މަޑަވެއްޔަށް ގެނައި ކްރޫކެބް ޕިކަޕެއްގެ ސަބަބުންނެވެ. އޭރު އެ ޕިކަޕަށް އަރަންވެގެން ދުވެދުވެފައި އުޅުނު ހަނދާން އަދި ނުނެތެއެވެ. މުޅި މީހާ ވެއްޔާއި ތަތްތެޅިގެން ވެލި ނަގާމީހުންނެކޭ އެއްގޮތަށް ވެލި އުފުއްލުމުގައިވެސް މި ޢާއިލާގެ މީހުންގެ އެހީތެރިކަން ވަނީ ރަަށުގެ ރައްޔިތުންނަށް ލިބިފައެވެ. އެއީ މީގެ 25 ހަކަށް އަހަރުގެ ކުރިއެވެ. އެ ފެށުނު ޢުމްރާނީ ޚިދުމަތްތަކުގެ ބިންގާ މިއަދާއި ހަމައަށްވެސް ދެމިއޮތީ ފަހަރެއްގައިވެސް އެއީ ވިޔަފާރިއަކަށްވީތީ ކަމުގައި އަޅުގަޑު ޤަބޫލުކުރާ ހިތެއް ނެތެވެ. މަޑަވެއްޔަށް އެންމެ ފުރަތަމަ ކަރަންޓުގެ އަސާސީ ޚިދުމަތް ފޯރުކޮށްދިން ފަރާތްތަކުގެ ތެރޭގައިވެސް މި ޢާއިލާ ހިމެނެއެވެ. ކުޅަދާނަ މަސްވެރީންނެވެ. ކުޅަދާނަ ފަންނުވެރިންނެވެ. މީގެ އިތުރުންވެސް މަޑަވެލީގައި އޭރު އެންމެ ބޮޑު އެއް ދަތިކަމުގައި ވެފައިއޮތް ސިއްޙީ ފުރަތަމައެހީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ޢަމަލީ މަސައްކަތްކުރެއްވުމުގައި ޢަލީ ނަޞީރު ދެމިހުންނެވިއެވެ. ޢަލީ ނަޞީރުގެ ކިބައިން ފިލާވަޅު ލިބިގަނެ، އެ ޚިދުމަތާއި ގުޅުނު މީހުން މަޑަވެލީގައި މަދެއް ނޫނެވެ. އެއީ ޢަލީ ނަޞީރުގެ އެންމެ ޒުވާން ދުވަސްވަރެވެ. 

ޒުވާން ލެޔާއި ޒުވާންކަމުގެ ޖޯޝުގައި ހަފުސްވެދިއުމުގެ ބަދަލުގައި ޢަލީ ނަޞީރު އިޚްތިޔާރު ކުރެއްވީ ސާދާ ދިރިއުޅުމެކެވެ. ޚިދުމަތްތެރި ދިރިއުޅުމެކެވެ. މަޑަވެލީގައި މިހާތަނަށް ބޭއްވުނު ޢީދު ކުޅިވަރުގެ ތެރެއިން މިއަދުވެސް ހަނދާނުން ފޮހެލަން ދަތި، ސަޤާފީ އެތައް ކުލައެއްޖެހިގެން ބޭއްވި އެންމެ ފުރިހަމަ ޢީދު ކުޅިވަރަކީ މީގެ 25 ހަކަށް އަހަރު ކުރީގައި މަޑަވެލީގައި ފާހަގަކުރި އަޟްޙާ އީދެއްގެ ކުޅިވަރުތަކެވެ. ކުރުފައްޔާއި ކޯޑިއެވެ. ފެންކުޅިއާއި ތިންމުގޯލިއެވެ. މަންޑިއާއި ހިތްޗަށް ވަޑައިގަތުމެވެ. ބޮޑުބެރާއި ލަވައެވެ. ކުޑައެއް ބޮޑެއްގެ ފަރަޤެއް ނެތި ޢީދެއްގެ އުފާވެރިކަން އަހަރެމެންނަށް އިޙުސާސް ކުރެވުނެވެ. އޭރު އަހަރެންގެ ޢުމުރުން 8 ނޫނީ ނުވަ އަހަރެވެ. މި ކުޅިވަރުތަކުގެ އެންމެ އިސް މޭސްތިރިއަކީ އަލްމަރްޙޫމް ޢަލީ ނަޞީރުއެވެ. ދިވެހި ތާރީޚަށް ޚިދުމަތްކުރުމުގެ ރޮގުން މިހާތަނަށް ޤައުމީ ފެންވަރުގައި ފާހަގަކުރެވޭވަރުގެ ޚިދުމަތުގެ އިނާމެއް ލިބިފައި ނުވި ނަމަވެސް، ޢަލީ ނަޞީރުގެ ޚިދުމަތްތެރިކަމާއި މެދުގައި ދެބަސްވާނެ އަދީބަކު ނުވަތަ ތާރީޚް ދިރާސާކުރައްވާ ފަރާތެއް މިޤަޢުމުގައި ނުހުންނާނެއެވެ. ފޮތެއް ލިޔެ ޝާޢިއު ނުކުރިއެއް ކަމަކު ލިޔުންތެރިކަމުގައި ޢަލީ ނަޞީރުގެ ޚިދުމަތް އަގެއް ނުކުރެވޭނެއެވެ. ލަދުވެތިކަމާއި މަޑުމައިތިރިކަމުގެ ރީތި ސިފައެއް ލިބިފައިވާ ޢަލީ ނަޞީރަކީ އިޖްތިމާޢީ ޚިދުމަތްތެރިއެކެވެ. ޤައުމީ ޚިދުމަތްތެރިއެކެވެ. އަހަރެމެން ނަމޫނާއަކަށް ބަލާނެ މީހެކެވެ.

މިި ލިޔުމުގެ ތިރީގައި ތަފްޞީލް ދެވިފައިވަނީ، އަލްމަރްޙޫމް ޢަލީ ނަޞީރު ދިވެހި ތާރީޚަށްޓަކައި ކުރައްވާފައިވާ ބުރަ މަސައްކަތްތަކުގެ ތެރެއިން ފަންވަތް ވެބްސައިޓުން އަޅުގަޑަށް ހޯދުނު ބައެއް ލިޔުންތަކެވެ. އަދި މި ނޫނަސް އެތައް އެތަކެއް ލިޔުންތަކެއް ޢަލީ ނަޞީރު ލިޔެ، އެކިއެކި އޮންލައިން މަޖައްލާތަކުގައި ޝާޢިއުކުރެވިފައި އެބަހުއްޓެވެ. 

2014 އޮގަސްޓް 23 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މި ފަނާވަނިވި ދުނިޔެއާއި ޢަލްވަދާޢުކިޔާފައިވާ ޢަލީ ނަޞީރަކީ އަޅުގަޑުމެންގެ ހިތްތަކުގައި ދިރި ހުންނާނެ ސަޚްޝިއްޔަތެކެވެ. ތާއަބަދަށެވެ. މި ލިޔުން ލިޔުމުގެ ކުރިން އަޅުގަޑާއި އޭގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ޢަލީ ނަޞީރުއާއި ގދ. ތިނަދޫއިން ބައްދަލުވިއެވެ. ހިނިތުންވެ ވާހަކަ ދެއްކިއެވެ. ތަޤްދީރުގެ ނިޔާ ބަދަލެއް ނުވާނެއެވެ. އަޅުގަޑުވެސް ޢަލީ ނަޞީރުއާއި އިންޓަރވިއުއެއް ކޮށްލާ އަހާ އޮޅުންފިލުވަން ބޭނުންވި ހާދަހާ ގިނަ ކަންތައްތަކެއް ހުއްޓެވެ. ޢަލީ ނަޞީރު ފަދައިން ރަށަށް ކުޑަނަމަވެސް ގޮތަކަށް ޚިދުމަތެއް ކުރުމަށް ޢަލީ ނަޞީރުގެ ތަޖުރިބާއާއި އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވެފައި ހުއްޓެއްކަމަކު ނަޞީބުގައި އެދުވަސް މިންވަރު ނުވަނީސް ޢަލީ ނަޞީރު މިދުނިޔެ ދޫކުރުމަކީ އަޅުގަޑަށްވެސް ލިބުނު ވަރަށްވެސް ފުން ހިތާމައެކެވެ.  މާތް ﷲ ޢަލީ ނަޞީރުގެ ޢާއިލާއަށް އަދަށްވުރެ ފާގަތި މާދަމާއެއް މިންވަރުކުރެއްވުމަކީ އަޅުގަޑުގެ އިޚްލާސްތެރި ދުޢާއެކެވެ. މާތް ﷲ މަރްޙޫމް ޢަލީ ނަޞީރުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. اٰمين

————————————————————————

ރާއްޖެއިން ތެޔޮ ފެނޭތޯ ބެލުން. ފަންވަތް އިންފޯ

ގދ. މަޑަވެލީގެ ރަށްވެހިކަން. ފަންވަތް އިންފޯ

ބަހަށް ލިބިފައިވާ ކުރިއެރުން. ފަންވަތް އިންފޯ

 ހަވަރުދިވެހި ދައުލަތުގެ ޢަސްކަރީ ބާރު (1)، (2) އަދި (3) ވަނަބައި. ފަންވަތް އިންފޯ

ގުރައިދޫ ބޮޑުގެ. ފަންވަތް އިންފޯ

ހުވަދުއަތޮޅުގެ ވިދުންގަދަ ޞަޚްޝިއްޔަތުތައް: ނުނިމި އޮތް ސިލްސިލާ ލިޔުމެއް. ފަންވަތް އިންފޯ

ދިވެހިންނާއި ވާރު ޚަރާޖު. ފަންވަތް އިންފޯ

ރާއްޖޭގައި ލޯކަލް ކައުންސިލްތަކުގެ ނިޒާމު (1)، (2)، (3) އަދި (4) ވަނަ ބައި. ފަންވަތް އިންފޯ

ގދ. ތިނަދޫ އެންމެ ތާރީޚީ ސަރަޙައްދު. ފަންވަތް އިންފޯ

ވެލާނާގޭ އިބްރާހިމް ނާޞިރަކީ ޤައުމީ ބަތަލެއް. ފަންވަތް އިންފޯ

ރާބޮއްލާ. ފަންވަތް އިންފޯ

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!