ރިޕޯޓް
އެވޭލާ ޒަމާނުގެ ދިރިއުޅުން، ކިތަންމެހާވެސް ސަޅި

މިއަދު ހަނދާންވަނީ ދިވެހި ކާބަފައިންގެ ހަރުދަނާ ފުދުންތެރި ދިރިއުޅުމެވެ. އެބައިމީހުންގެ މިނިވަންކަމަށް ލޯބިކޮށް އުޅުނުގޮތާއި އަދި މިނިވަން ފަސްގަނޑެއް ދެމެހެއްޓުމަށްޓަކައި ކުރި މަސައްކަތެވެ. އެބައިމީހުންގެ ހިތްތަކުގައި އެއްބައިވަންތަކަމުގެ ރޫހު އުފެދިފައިވަނީ މަތިވެރި ދަރަޖައަކަށެވެ. މިގޮތުން ޤައުމަށް ދިމާވާ ކޮންމެ އަނޑިގުޑަން ގަނޑަކުން، އުސް ގަނޑަކަށް އަރައިގަތުމުގައި ދިވެހިންގެ މި އެއްބައިވަންތަކަން ދައްކުވައިދެއެވެ.

ހުވަދޫ ބަޢާވަތާއި އަދި އައްޑުއަތޮޅު ބޭރު ބައެއްގެ ޝިކާރައަކަށް ވެގެން ދިޔައިރުވެސް ދިވެހިންގެ ޢަޒުމަކަށް ގުޑުމެއް ނާދެއެވެ. ހިތްވަރާއިއެކު ދުޝްމަނުންނާއި ދެކޮޅަށް ނިކުމެ، އިނގެރޭސިންނާއި، ވޯރާ ވިޔަފާރިވެރިންނާއި، އަނދިރި އަނދިރިންނާއި، މަލާބާރިންނާއި އަދި ތަމަޅަ ބާޢީން މިހެންގޮސް ރާއްޖެ އަޅުވެތިކުރުމަށް ހުރިހާ ޒަމާނެއްގައިވެސް ރާއްޖެއާއި ދިމާކޮށްފައިވާ ހުރިހާ ވަބާއަކާއި ކުރިމަތިލީ މި ބުނެވެދިޔަ ބަނޑިޔާއި އުންޑައެއް ނެތް އެއްބައިވަންތަކަމުގެ ރޫހެވެ.

ދިވެހި ކާބަފައިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ އީމާނާއި، އަޤީދާގައި ސާބިތުވެގެންވީ އަމާނާތްތެރި ތެދުވެރި ބައެއްވެސް މެއެވެ. ދީނީ ބައިބައިވުމެއް ނުވަތަ ހިޔާލު ތަފާތުވުމެއް ނެތެވެ. އެއީ އެއްބަނޑު އެއްބަފާ ކަމުގެ ލޯތްބާއި އަޙްވަންތަކަމުގެ ލޯބި ދަމަހައްޓައި އެކަކު އަނެކަކަށް އެހީވެ އުޅުނު ހިތްހެޔޮ ސާދާ މިޒާޖެއްގެ ބަޔެކެވެ. ޢަބުރުވެރި ޤަދަރުވެރި ޝަރަފްވެރި ބައެއްވެސް މެއެވެ.

މިގޮތުން އެކަކަށް ލިބޭ އުފަލަކާއި ހިތާމައެއްގައި އަނެކެއްގެ ބައިވެރިވުން އޮތް ބައެކެވެ. ގޭގެ ބަދިގޭގައި ކައްކާފައިހުރި ބައްތަވާގެ ފޫކަހާލާ އަޑަށް ޖެހިގެން ހުރި ގެއިން ބަތް ހިފައިގެން އާދެއެވެ. އަދި ހަމައެހެންމެ މި ކާބަފައިން ދަރަނިވެރިވުމަށް ކިތަންމެހާވެސް ޖެހިލުންވާނެވެ. ލިބޭ މިންވަރުން ފުއްދައިގެން ދުނިޔޭގައި ދިރިއުޅެން ލޯބިކުރާނެވެ. އެބައިމީހުން އިސްރާފް ކުރުމަށް ނިހާއަތަށް ބިރުވެތިވެއެވެ. ފަހަށް ރައްކާކުރަން ދަންނާނެވެ.
ކާބަފައިންގެ އެންމެ މުހިންމު ލޭނާރު ކަމުގައިވާ މަހުން އާމްދަނީ ހޯދީ އަންނަހައި ރާޅަކާއި ޖަހަމުންދާ ރާޅަކުން ސަލާމަތްވެ މަސައްކަތަށް ހީވާގިވެގެންނެވެ. އެދުމެއް ނެތިއެވެ.

ނަމަވެސް މިއަދު އެކަން ވަޒަންކޮށްލައްވާށެވެ. ހަލާލު މަސައްކަތެއް ހޯދަން ނޭގޭތާ މަސައްކަތަށް ކަންނެތްވެސް މެއެވެ. ލިބޭ މިންވަރުން ފުދުންތެރިވާން ނޭގޭތާ އިސްރާފްކުރަނީއެވެ. ކަންކަމަށް ޝުކުރުވެރިވާން ނޭގޭއިރު ކަންކަމުގައި ކެތްކުރަންވެސް ނޭގެއެއެވެ. ހައިރާންވަނީ ހަމަ އެންމެ ކަމަކަށެވެ. ހިތިހަބަރުން މާމުއި އުފައްދަން މަސައްކަތްކުރާ ބަޔަކު ފަދައިން މިބައިމީހުން ހޯދަން އުޅޭ ބާއްޖަވެރި ދިރިއުޅުމާމެދުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!