ޚަބަރު
ޓްރާންސިޓް ބަނދަރެއް ގާއިމު ކުރެވިއްޖެ ނަމަ، ޓުއަރިޒަމް އަށްވުރެ ފައިދާ ބޮޑުވާނެ – ޝަރީފް

ރަނގަޅު ފެންވަރުގެ ޓްރާންސިޓް ބަނދަރެއް ރާއްޖޭގައި ގާއިމުކުރެވިއްޖެ ނަމަ، އެކަމުގެ ސަބަބުން އިގްތިސޯދަށް ވަންނަ އާމްދަނީ، ފަތުރުވެރިކަމުން ލިބޭ އާމްދަނީ އަށްވުރެ އިތުރުވާނެ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި ގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި ޓްރާންސިޓް ބަނދަރެއް ގާއިމު ކުރުމުގެ މަޝްވަރާތައް ސަރުކާރާއެކު ކޮށްފައިވާ ކަމަށާއި، ޓްރާންސިޓް ބަނދަރެއް ރާއްޖޭގައި އޮތުމަކީ އިގްތިސޯދަށް މުހިންމު ކަމެއް ކަމަށެވެ.

“ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ދަތުރުކުރާ ދުނިޔޭގެ ހުރިހާ ބޯޓު ފަހަރެއް ރާއްޖެ ހުރަސްކޮށްފައި އެދަނީ އުތުރާއި ދެކުނުންނާއި މެދުރާއްޖެތެރެއިން. އެހެންވީމާ ދިވެހިރާއްޖޭގެ އިކޮނޮމީއަށް ހަމަ ބޫމް އެއް އަންނާނެ އެކަމުގެ ސަބަބުން. މިކަމަކީ ޓުއަރިޒަމާ އަޅާކިޔޭނެ ކަމެއްވެސް ނޫން. މި ޓްރާންސިޓް ބަނދަރު ހެދިގެން ހިނގައިގަތީމަ ޓުއަރިޒަމަށްވުރެ މާބޮޑު ފައިދާއެއް ކުރާނެ.” ސެންކޯ ޝަރީފް ވިދާޅުވިއެވެ.

ސިންގަޕޫރު ފަދަ ގައުމުތައްވެސް ކުރިއަރައިގެން ގޮސްފައިވަނީ، ޓްރާންސިޓް ބަނދަރެއް އޮތުމުގެ ސަބަބުން ކަމަށާއި، ރާއްޖެއަކީ ބޯޓުތަކަށް މާ މުހިންމު ޗެނަލެއް ކަމަށެވެ، އަދި މިހާރުވެސް ގިނަ އަދަދެއްގެ ބޯޓު ރާއްޖެ ހުރަސްކުރާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބެލިއިރުގައި އޭއީ މީގެ ދެތިން އަހަރެއް ކުރިން ރެއަކާ ދުވާލު 30 ހަކަށް 40 ހަކަށް ބޯޓު ތުރާކުނު ކައިރިން ވެސް ހުރަސްކުރޭ.” ޝަރީފް ވިދާޅުވިއެވެ.

އެޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިތުރަށް ޝަރީފް ވިދާޅުވީ، ޓްރާންސިޓް ބަނދަރެއް ހެދުމަށް ރަނގަޅު ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި، މިބަނދަރު ގާއިމު ނުކޮށްވެސް ބޭރުގެ ބޯޓުތަކަށް ޚިދުމަތް ދެވޭނެ ގޮތްތައް ހުންނާނެ ކަމަށެވެ. އެގޮތުން ބަންކަރިންގ އާއި ކާބޯތަކެއްޗާއި ތެލާއި އެނޫންވެސް ތަކެތި ބޯޓުތަކަށް ފޯރުކޮށްދީ އާމްދަނީ ހޯދިދާނެ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!