ޚަބަރު
06 ފަޅުވެރިންނާއެކު މަސްވެރިކަމަށް ނުކުތް ދޯންޏަކުން 17 ޓަނު މަސް ބާނައިފި

ހަ ފަޅުވެރިންނާއެކު މަސްވެރިކމަށް ނުކުމެ އުޅުނު ދޯންޏަކުން އިއްޔެ އެކަނި 17 ޓަނުގެ މަސް ބާނައިފިއެވެ.

ހއ.އިހަވަންދޫ “މާހޯރަ 4” ނަމަކަށް ކިޔާ މަސްދޯނި މިދިޔަ ހުކުރު ދުވަހު ބޭނި 8 ޓަނުގެ މަހާއި އިއްޔެ ބޭނި 17 ޓަނުގެ މަސް ހިމެނޭހެން ޖުމްލަ 25 ޓަނުގެ މަސް ކިރަން ފެލިވަރަށް ވަނީ ގޮސްފައެވެ. އެހެންނަމަވެސް މަސްކިރާ ބޯޓުގެ ޖާގަ ފުލްވުމާއި ގުޅިގެން އިއްޔެ ކިރާފައިވަނީ 18 ޓަނުގެ މަސް ކަމަށް މަސްވެރިޔަކު މީޑިޔާއަށް މައުލޫމާތުދީފައިވެއެވެ. ބާކީހުރި މަސްކޮޅު ކިރުވޭތޯ އެދޯނި އަދިވެސް އޮތީ ފެލިވަރު ކިޔުގައެވެ.

އެހެންކަމުން މަހަށް ނުދެވި ކިޔުގައި އޮންނަން ޖެހުމުން ދޯނީގެ ފަޅުވެރިންގެ ޝަކުވާތައް ވަނީ ގިނަވެފައެވެ. މީގެ އިތުރުން ފެލިވަރުން އައިސް ނުލިބުމުގެ ޝަކުވާވެސް އަންނަނީ ކުރަމުންނެވެ.

އިހަވަންދޫ ހިސާބުގައި މަސް ކިރާނެ ބޯޓެއް ނެތުމުން ގިނަ ދަތިތައް ދަތިވާތީ އާއި މަސް ކިރުވުމަށް ދިގު ދަތުރެއް ކުރަން ޖެހޭއިރު އައިސް ލިބުމުގައިވެސް ދަތިތަށް ހުރުމަކީ މަހުގެ ކޮލިޓީއަށް އަސަރުކޮށް މަސްވެރިންނަށް ލިބޭ އާމްދަނީއަށް އަސަރުކުރާ ކަމަށް ބުނެ އިހަވަންދޫ މަސްވެރިން ވަނީ  މައުލޫމާތުދީފައިވެއެވެ.

މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރަކަށްވެފައި އައިސް ނުލިބި އަދި މަސްނުކިރުވި ކިޔުގައި ތިބެން ޖެހުމުން މަސްވެރިންގެ ޝަކުވާތައް އިންތިހާއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!