ޚަބަރު
ރައީސް ޔާމީންގެ ވިސްނުންފުޅަކީ ވަޠަނީ ވިސްނުންފުޅެއް – ޝިޔާމް

މިއަދު މިގައުމަށް އިންޑިއާގެ ނުފޫޒު އޮތް މިންވަރުން ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް ސީދާ ސާދާކޮށް ކަމަށާއި، ރައީސް ޔާމީންގެ ވިސްނުންފުޅަކީ ވަޠަނީ ވިސްނުންފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން “ދައުރު” ނޫހުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއް ޓުވިޓާގައި ޝެއަރކޮށްފައެވެ. އެގޮތުން ޝިޔާމްގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ބައެއް ގައުމުތައް ސުންނާފަތިވެ އަޅުވެތިވެގެން ދިޔައިރުވެސް އެވިދާޅުވާ ޑިޕްލޮމެޓުން ދިބީ ޑިޕްލޮމެޓިކް ވާހަކަ ދައްކަވަން ކަމަށެވެ.

“މިއަދު މިޤައުމަށް އިންޑިޔާގެ ނުފޫޒު އޮތްމިންވަރުން ވާހަކަ ދައްކަން ޖެހެނީ ތިލަކޮށް ސީދާ ސާދާކޮށް. ރައީސް ޔާމިންގެ ވިސްނުންފުޅަލީ ވަޠަނީ ވިސްނުންފުޅެއް”- ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ، އިދިކޮޅުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތްތައް އިދިކޮޅު ކޯލިޝަނުން ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި، ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ބައެއް މިނިސްޓަރުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއުކޮށް އިދިކޮޅު ހަރަކާތްތައް ކުއްވެރިކުރަމުންދާތީއެވެ.
އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވެވަޑައިގެންނެވުމަށްފަހު އިދިކޮޅުން ހިންގާ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް އިންޑިއާ އައުޓް ހަރަކާތްތައް އަތޮޅުތަކަށް ގޮސް މިވަނީ ފުޅާކޮށްފައެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!