ޚަބަރު
ތިން މާރުކޭޓު ރީތި އައިކޮނިކް އެއް އިމާރާތެއްގެ ގޮތުގައި ޤާއިމުކުރެވިގެންދާނެ: މޭޔަރު

މާލޭގެ ތިން މާރުކޭޓު އެއްފުރާޅެއްގެ ދަށަށް ގެނެސް ރީތި އައިކޮނިކް އެއް އިމާރާތެއްގެ ގޮތުގައި ޤާއިމުކުރެވިގެންދާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މާރުކޭޓުތައް ހުރީ މާލޭގެ މަލަމަތީގައި ކަމުން އެތަން ރީތިކޮށް މާރުކޭޓަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން އެބަޖެހެއެވެ. އެމައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ތިން ހަތަރު ބުރީގެ ރީތި ބޮޑު އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލޭގައި ހުރި ތިން މާރުކޭޓު ކަމަށްވާ މަސް މާރުކޭޓު، ލޯކަލް މާރުކޭޓު އަދި ދަތުރުވެރިންގެ މާރުކޭޓުތައް ތަންކޮޅެއް ދިވެހިވަންތަ މޮޑެން ތަނަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓު ހުރީ މާލޭގެ އެންމެ ބޭރު މަލަމަތީގައި ކަމުން ރީތި އައިކޮނިކް ދިވެހިވަންތަ އިމާރާތެއް އެޅުމަށްފަހު އެއް ފުރާޅެއްގެ ދަށުން ތިން މާރުކޭޓުގެ ޚިދުމަތް ލިބިގެންދާނެ ގޮތައް މާރުކޭޓުތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށް މުއިއްޒުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތަށް އަމަލުކުރެއްވުމުން ބިމުގެ ދަތިކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށް މުއިއްޒު ޤަބޫލުކުރައްވައެވެ.

މިއިމާރާތަކީ މާރުކޭޓުތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ އިމާރާތެއް ކަމުން މާރުކޭޓުތައް މަރާމާތްކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ނުކުރާނެ ކަމަށާއި ނަމަވެސް އާ އިމާރާތެއް އެޅެންދެން ވެސް މިހާރު ހުރި މާރުކޭޓުތަކުގެ ޙާލަތު ރަގަޅުކޮށް، ތަނުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މާރުކޭޓު ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލައަކީ ޚާއްޞަ އިސްކަމެއް ދީގެން ޙައްލުކުރުމަށް ނިންމާފައިވާ ކަމެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!