ޚަބަރު
މެލޭޝިޔާ ފެނުގެ އަޑީގައި

ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެލޭޝިޔާގައި ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އިސްމައިލް ސަބުރީ ޔައުޤޫބާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 11 ހާސް މީހުންގެ ގެދޮރު ހަލާކުވެ މަގުތައް ބަންދުވެ ކަނޑުމަގުން ކުރާ މުދަލުގެ ވިޔަފާރިއަށްވެސް ބުރޫއަރާފައިވާކަމަށެވެ. އަދި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ޙާލުގައި ޖެހިފައިވާ އެތައް ހާސް މީހުންނަށް އެހީތެރިވުމަށް ސަލާމަތީ ބާރުތަކާއި ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ 66،000 މީހުން ޙަރަކާތްތެރިވަމުންދާކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު މައުލޫމާތު ދިނެވެ.

ފޮޓޯ: ވިއްސާރަވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މެލޭޝިޔާގައި ފެންބޮޑުވެފައި

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރ މަހުން ފެށިގެން މާރޗްއާ ހަމަޔަށް މެލޭޝިޔާއަށް ވިއްސާރަކުރާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިފަހަރު ބޯކޮށް ވާރޭ ވެހި މުޅި ޤައުމު އޮތީ ފެނުގެ އަޑީގައެވެ. ހާއްސަކޮށް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވަނީ އެ ޤައުމުގެ އެންމެ މުއްސަނދި އަދި އާބާދީ ބޮޑު ސެލެންގޯއަށެވެ.

ރިޕޯޓްތައް ބުނާގޮތުން މެލޭޝިޔާގެ 16 ސްޓޭޓްގެ ތެރެއިން 8 ސްޓޭޓް މިހާރު ވަނީ ފެނުގެ އަޑީގައެވެ.
މެލޭޝިޔާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހޭނެކަމަށް ބެލެވޭކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!