ޚަބަރު
މިއަހަރު މިހާތަނަށް ވައްކަމާއި ފޭރުމުގެ 4930 މައްސަލަ ރިޕޯޓު ކޮށްފައިވޭ – ފުލުހުން

ފުލުހުންނަށް ހުށަހަޅާ ތަފާތު އެކި މައްސަލަތަކުގެ ތެރެއިން ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ގޮތުގައި މިއަހަރު ނިމެން 12 ވަރަކަށް ދުވަސް އޮތް އިރު މިހާތަނަށް މިބާވަތްތަކުގެ 4930 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އޭގެ ތެރެއިން 4562 މައްސަލަ އަކީ ވައްކަމުގެ މައްސަލަތައް ކަމަށާއި، އަދި 368 މައްސަލަ އަކީ ފޭރުމުގެ މައްސަލަ ތަކުގެ ގޮތުގައި ހުށަހެޅިފައިވާ މައްސަލަތައް ކަމަށެވެ.

މިމުޖުތަމައުގައި މިފަދަ ކުށްތަކަށް އަރައިގަންނަ މީހުން ތިބި ކަމަށާއި އަދި ތަކުރާރުކޮށް މިފަދަ ކުށްތައް ކުރާ މީހުންވެސް ތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންނަމަވެސް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަހުގީގަށް ބަލާއިރު ފާހަގަވާ އެހެންކަމެއްވެސް އެބައޮތް ކަމަށާއި، އެއީ މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންނަށް މަގު ފަހިވާ ގޮތަށް ހުންނަ ބައެއް ކަންކަން ކަމަށެވެ. އަދި  އެކަށީގެންވާ ސަމާލުކަން ނުދެވުމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމުން ހިނގާފައިވާ މިފަދަ މައްސަލަތަކުގެ އަދަދުވެސް މަދެއް ނޫންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސައިކަލު ވަގަށްނެގުމާއި ސައިކަލުން ވައްކަންކުރުން

ވައްކަމުގެ މައްސަލަތަކަށް ބަލާއިރު މިއީ އާންމުވެފައިވާ މައްސަލައެކެވެ. ސައިކަލު ވަގަށް ނެގުމާއި ސައިކަލުގެ ޕޮކެޓާއި މަޑިދަށުގައި ހުންނަ ތަކެތި ވަގަށް ނެގުމުގެ މައްސަލަތަކެވެ. ތަހުގީގަށް ފާހަގަވެފައިވާ ގޮތުގައި، ސައިކަލު ވަގަށް ނަގާ މީހުން ގިނަ ފަހަރަށް އެކަން ކޮށްފައި ހުރީ ކޮންމެވެސް ދިމާއަކަށް ދަތުރުކޮށްލުމުގެ ބޭނުމުގައެވެ. ނޫނީ ސައިކަލުގެ ކޮންމެވެސް ސްޕެއަރއެއް ބޭނުންވެގެންނެވެ. އަދި މިގޮތަށް ވަގަށް ނަގާފައިވާ ސައިކަލުތަކަށް ބަލާއިރު ގިނައީ ހޮންޑާ 125 ބްރޭންޑުގެ ސައިކަލެވެ. ވަގުންގެ ޝިކާރައަކަށްވީ މިފަދަ ގިނަ ސައިކަލަކީ ޕާކުކުރުމަށްފަހު ހުންގާނު ތަޅު ނުލައި ހުރި ސައިކަލެވެ. ދެންހުރީ ޝަޓަރ ލޮކް ނުކުރާ ސައިކަލެވެ. ޕޮކެޓަށް އެއްޗެއް ލައި ހަނދާން ނެތި ދެވޭ ފަހަރުވެސް މަދެއްނޫނެވެ. މިއީ ވައްކަން ކުރާ މީހުންނަށް އަމިއްލައަށް ދޫކޮށްލެވޭ ފުރުސަތެކެވެ.

އެހެންކަމުން ސައިކަލު ޕާކުކުރާއިރު ހުންގާނު ހުރީ ރަނގަޅަށް ތަޅުލެވިފައިތޯ ޔަގީންކުރާށެވެ. ކިތަންމެ ކުޑަ ވަގުތުކޮޅަކަށް ސައިކަލު ބަހައްޓަންވިޔަސް ޝަޓަރވެސް ލޮކް ކޮށްލާށެވެ. ސައިކަލު ބެހެއްޓުމަށްފަހު ދިގު މުއްދަތަކަށް ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ މީހަކާ ހަވާލުކުރާށެވެ. ނޫނީ ސީސީޓީވީ ހުރި ޒޯނެއް ނުވަތަ ރައްކާތެރި ތަނެއްގައި ޕާކުކޮށްލާށެވެ. އަދި މިކަމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ސައިކަލު މަޑިދަށާއި ޕޮކެޓުގައި ބާއްވާ ތަކެތި ނަގަން ހަނދާން ނައްތައިނުލާށެވެ. އަދި އެންމެ މުހިންމުކަމަކީ މަޑިދަށާއި ޕޮކެޓަކީ އަގުބޮޑެތި ތަކެއްޗާއި މުހިންމު ލިޔުންތައް އަދި މި ނޫންވެސް ތަކެތި ފޮރުވަން އެންމެ ރައްކާތެރި ތަނެއް ނޫންކަން ހަނދާންކުރާށެވެ.

ގެދޮރާއި އިމާރާތްތަކުން ވައްކަންކުރުން

ގެދޮރާއި އޮފީހާއި ފިހާރަތަކުން ވައްކަން ކޮށްގެން ހުށަހެޅޭ މައްސަލަތައްވެސް ނިސްބަތުން މަދެއް ނޫނެވެ. ހުށަހެޅިފައިވާ މި ފަދަ މައްސަލަތަކަށް ބަލައިލުމުންވެސް، އަގުހުރި މުދާ ކުޑަކުޑަކަމަކުން ނުގެއްލި ރައްކާކުރެވިދާނެ ބައެއް މައްސަލަތައް ހުރިކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ. ގެއަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ހާމައަށް އަގުހުރި މުދާ ބައެއް ފަހަރު ބެހެއްޓިފައި އެބަހުރެއެވެ. އަދި ގޭތެރޭގައި މީހުން ނޫޅޭ ވަގުތުތަކުގައިވެސް ދޮރުތައް ތަޅުނުލެވި ހުންނަ ފަހަރުވެސް މަދަދެއް ނޫނެވެ. ބެލްކަނިން ފަސޭހައިން އެރޭ ގޮތަށް ހުންނަ އިމާރާތްތަކުގައިވެސް ދޮރުތައް އާންމުކޮށް ހުޅުވާލެވިފައި ހުރި ފަހަރުތައްވެސް އެބަހުއްޓެވެ.

އެހެންކަމުން ކުޑަކަމެކޭ ހިތައި ދޫކޮށްލެވޭ މި ފަދަ ކަންކަމުން ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ފަހަރުވެސް އެބަ އާދެއެވެ. ކުޑަކަމެކޭ ހިތައި ވިސްނާނުލެވި ދޫކޮށްލެވޭ މިކަންތައް ބޮޑުކަމެއްގެ ގޮތުގައި ނަގައި މިއަށްވުރެ ބޮޑަށް ވިސްނާލަމާ ހިނގާށެވެ.

ގެދޮރުގެ އިތުރުން އޮފީސް އިމާރާތްތަކާއި ފިހާރަތަކާއި ސައިޓުތަކަކީވެސް ވައްކަން ކުރާ މީހުންގެ ޓާގެޓް ތަންތަނެވެ. އެހެންކަމުން މިތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރަންޖެހެއެވެ. މިފަދަ ތަންތަނުގައި ސީސީޓީވީ ނުވަތަ ސެކިއުރިޓީ އެލާމް ބަހައްޓައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުން މުހިންމެވެ. އަދި ސައިޓުތަކުން މަސައްކަތް ނިންމާފައި ދާއިރު، ހިފައި ގެންގުޅެވޭ ތަކެތި އެ ތަންތަނަށް ދޫކޮށްނުލައި ރައްކާތެރި ތަނަކަށް ބަދަލުކުރުމަށްފަހު އެ ދުވަހުގެ މަސައްކަތް ނިމޭ ގޮތަށް ރާވައިލުންވެސް މުހިންމެވެ.

މި ހުރިހައި ކަމަކުންވެސް އެންމެ ދެރަކަމަކީ މިއީއެވެ. މި ފަދަ ތަންތަނުން ވަގަށްނަގާ ތަކެތި ނުއަގުގައި ވިއްކުމުން އެ ތަކެތި ގަތުމެވެ. ތަކެތި ވިއްކަން އަންނަ މީހަކީ ކުށުގެ މާހައުލުގައި އުޅޭ މީހެއްކަން އެގުނު ނަމަވެސް މިކަމާ އަޅާނުލައި ދޫކޮށްލާ އެތައް ފަހަރެކެވެ. އެ މީހަކު އެ ވިއްކާ ތަކެތި ނުއަގުގައި ގަތުމުގެ ބަދަލުގައި އެކަން ފުލުހުންނަށް ރިޕޯޓުކުރުމުން އެ ސަލާމަތްކުރެވުނީ އެހެން މީހެއްގެ އަގުހުރި މުދަލެކެވެ. އަދި އެއީ އަމިއްލަ މުދާ ރައްކާތެރިކުރުމަށްވެސް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ.

މަގު ފޭރުން

މަގުފޭރުމުގެ މައްސަލަތަކަކީވެސް އިތުރުވަމުން އަންނަ މައްސަލައެކެވެ. ދިވެހި މުޖުތަމައުން ފެންނަން ނޭދޭ، އެހެންނަމަވެސް ފެންނަ މަންޒަރުތަކެވެ. މިފަދަ މައްސަލަތަކުގެ ތަހުގީގުންވެސް ފާހަގަވި ކަންކަން އެބަހުއްޓެވެ. މަގުފޭރުމުގެ ގިނަ މައްސަލަތަކުގައި ފޭރިގެންފައި ހުރީ މީހުންގެ ފޯނާއި ވޮލެޓު ފަދަ ތަކެއްޗެވެ.

ފޯނު ފޭރިގަތުމުގެ މައްސަލަތަކުން ގިނަ ފަހަރަށް ފާހަގަކުރެވިފައިވަނީ، މަގަށް ދޭންޖެހޭ ސަމާލުކަން ނުދީ ފޯނަށް ސަމާލުކަން ދީގެން ދެވުނު ގިނަ ފަހަރުތައް ކަމަށާއި ފޯނުން ގޭމެއް ކުޅެމުން ނުވަތަ ކޮންމެވެސް އެޕެއްގައި ބިޒީކޮށް ދިއުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރޭގަނޑުވެސް މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި  އެކަހެރި އަނދިރި ތަންތަނުގައި މަޑުކޮށްގެން އެކަނި ނުހުރުމާއި، މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ ދުއްވާފައި ދިޔަނަމަވެސް ފަހަތު ޖީބަށް ފޯނު އަދި ވޮލެޓު ލުމާއި ދަބަސް އެލުވާލައިގެން ދިއުމާއި މަގާވީ ފަރާތަށް ދަބަސް ހިފައިގެންދިއުން ފަދަ ކަންކަން ދޫކޮށްލުން ވަރަށް މުހިންމު ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި ފޯނު ގެއްލޭ މައްސަލަތައް ތަހުގީގުކޮށް ފޯނު ހޯދުމަށް މަސައްކަތްކުރުމުގައި، ފޯނުގެ ބްރޭންޑާއި ފޯނުގެ އައިއެމްއީއައި ނަމްބަރާ އަދި އެންމެ ފަހުން ފޯނުގައި ބޭނުންކުރި ސިމްގެ މައުލޫމާތަކީ ތަހުގީގަށް ވަރަށް މުހިންމު މައުލޫމާތެއް ކަމަށް ފުލުހުން ބުންޏެވެ. އެހެން ކަމުން އެފަދަ މައުލޫމާތުތައް ރައްކާތެރިކަމާއެކު ގެންގުޅުމަށްވެސް ފުލުހުން އެދިފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!