ޚަބަރު
ގައްދޫ ކައުންސިލްގެ ރައީސް އެމްޑީ މިނިވަން ވެއްޖެ

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރ އަދި ގދ.ގައްދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަހުމަދު (އެމްޑީ) މިނިވަންވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިހުރި މުހައްމަދު އަހުމަދު މިނިވަންވެފައި ވަނީ އޭނާގެ މައްޗައް އުފުލާފައިވާ ދަޢުވާތައް ސާބިތު ނުވާކަމަށް ނިންމައި މިއަދުގެ ވަގުތެއްގައެވެ.

މިދިޔަ އޭޕްރިލް މަހުގެ 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި ވާދަކޮށް، ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިޚާބުވިއިރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާއަކާ ގުޅިގެންނެވެ. އެކަމަކު، ކައުންސިލްގެ ރައީސަކަށް އިންތިހާބުވި ފަހުން ގައްދޫ ކޯޓުން ވަނީ މުހައްމަދު އަހުމަދު ބަންދުން ދޫކޮށްލަން އަމުރުކޮށްފަ އެވެ.

އެގޮތުން ކައުންސިލަރުންގެ ހުވާކުރުން އޮތީ އޭނާ ބަންދުން ދޫކޮށްލާފައި ހުރި މުއްދަތުގައި ކަމުން، އޭނާ ވަނީ ގދ.އަތޮޅު ކައުންސިލްގެ މެމްބަރ ކަމުގެ ހުވަޔާއި، ގދ.ގައްދޫ ކައުންސިލްގެ ރައީސް ކަމުގެ ހުވާވެސް ކޮށްފައެވެ.

މިދިޔަ މެއި މަހު 23 ވަނަ ދުވަހު ހައިކޯޓުން އަނެއްކާވެސް އަމުުރުކުރީ މުހައްމަދު އަހްމަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަންށެވެ. އެއީ އޭނާ ޖަލުން މިނިވަން ކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.

މީގެ އިތުރުން ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ވެސް މުހައްމަދު އަހްމަދުގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ 2015 ވަނަ އަހަރު ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި އޭނާ ހުންނެވި ދުވަސްވަރުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!