ޚަބަރު
ތުރުކީގައި ޝޫޓްކުރި ޖާދު އާއި ޝަރާގެ “ތިޔަ ސޫރަ” ޓީޒަރ ނެރެފި

”އެހެނަސް“ ވެބް ސީރީޒުން ފިލްމީ ދާއިރާއަށް ނުކުތް ހިތްގައިމު ބަޠަލާ ފާޠިމަތު ޝަރާގެ ފުރަތަމަ ލަވަ ކަމަށްވާ ” ތިޔަ ސޫރަ ” ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ. މިލަވައިގެ ޓީޒާ މިވަނީ ދައްކާލާފައެވެ.

ތުރުކީގެ ހިތްޤައިމު މމަންޒަރުތައް ފެނިގެންދާ މިލަވައިގެ ޕްރޮޑިއުސަރަކީ ޖާދުﷲއެވެ. ހަސަން އާދަމް (މޭކަޕް ހަސަން)ގެ ޑަައިރެކްޝަން ފެނިގެންދާ މިލަވައިގެ ކާސްޓުންނަކީ ޝަރާގެ އިތުރުން ޖާދުﷲއެވެ. އައިޝަތު ޖޫނީ ޖިނާހު އާއި މުހައްމަދު އަބްދުލް ޤަނީ (ތޭރަ)ގެ ހިތްޤައިމު އަޑުން ކިޔާފައިވާ މިލަވަ ކެމެރާކޮށް އެޑިޓިންކޮށްފައިވަނީ ވިޝާލް އާމިރު (ވިއްޓެ)އެވެ.

ލަވައިގެ ޕްރޮޑިއުސަރ ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި މިލަވަޔަކީ ޝަރާގެ ފުުރަތަމަ ލަވަޔަށް ވުމުން މިލަވަ ހާއްސަ ލަވަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތް ކުރި ކަމަށާއި ތުރުކީގައި ލަވައިގެ ޝޫޓިން ކުރިޔަށް ގެންދިޔުމަކީ ޑްރީމެއް ކަމަށެވެ.

ޖާދު ބުނިގޮތުގައި ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމުން ލަވައިގެ މަސައްކަތް މަޑުޖެހިފައި އޮތް ނަމަވެސް ފަހުން ވަރަށް ބުރަ މަސައްކަތާއެކު މިލަވައިގެ ޝޫޓީންގ މިހާރު ނިމިފައިވާ ކަމަށެވެ. އަދި ލަވަ ޝޫޓް ކުރަމުން ދިޔައިރުވެސް ތުރުކީއަށް މޫސުން ގޯސްވެ ތޫފާނުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލލާންޖެހުނު ކަމަށް ޖާދު ވަނީ މައުލޫމާތު ދީފައެވެ.

މީގެއިތުރުން މިލަވަ ހާއްސަ ލަވަޔަކަށް ހެދުމުގައި ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށާއި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ޖާދު ބުންޏެވެ.

މިލަވައިގައި ޝަރާގެ އެކްޓިންގ އާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނަމުން ޖާދު ބުނެފައިވަނީ މިލަވައަށްޓަކައި ޝަރާއަށް ލިބުނު ގިނަ ފުރުސަތްތަކުގެ ބޭނުން ނުހިފި ކަމަށާއި ޝަރާގެ އިތުރުން މުޅި ޓީމަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

ޖާދުގެ ޝުކުރުގެ ލިސްޓުގެ އެންމެ ކުރީސަފުގައި ހިމެނިގެންދިޔައީ އިންމަ އާއި އިންމަގެ ކޮމްޕެނީއެވެ. ޖާދު ބުނާގޮތުގައި މިދަތުރު ކާމިޔާބު ކަމާއެކު ކުރެވުނީ އިންމަގެ ދީލަތި އެހީއާއި އެއްބާރުލުމުގެ ސަބަބުންނެވެ. އަދި މިފަދަ ބޮޑު މަސައްކަތެއް ނިމިގެންދާއިރު ވަރަށް ގިނަ ފަރާތްތަކުން އެހީތެރިކަން ލިބިފައިވާކަން ޖާދު ފާހަގަކޮށްލިއެވެ.

އޭގެތެރޭގައި ނިއުމާ، ނާޒިމް ސަރ، ނަމްޒާގެ އިތުރުން ޖާދުގެ ފޭނުން ހިމެނިގެންދެއެވެ. އަދި ތުރުކީގައި ޝޫޓިންގ ކުރިޔަށް ގެންދިޔައިރު އަބީގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް އަބީއަށްވެސް ޖާދުވަނީ ޝުކުރު ދަންނަވާފައެވެ.

މިލަވަ ރިލީޒް ކުރަން ބޭނުންވަނީ 1 ޖެނުއަރީގައި ކަމަށް ވިޔަސް މިލަވައިގެ ޓީޒާ މިވަނީ އާންމުކޮށްފައެވެ. ޔޫރަޕްގެ ޤައުމެއްގައި ޝޫޓްކޮށްފައިވާ މިލަވައިގައި 12 ކޮސްޓިއުމެއް ފެނިގެންދިޔައެވެ.

“އުއްމީދު ކުރަން ހަމަ ބެލުންތެރިން  ވީހާވެސް ގަޔާވާ ކަހަލަ ހިތްހަމަޖެހޭ ރީތި ލޮކޭޝަންތައް ފެނިގެންދާނެ ރީތި ލަވަޔަކަށް މިލަވަ ވާނެކަމަށް” ޖާދު ބުންޏެވެ.

ޖާދުގެ ކޮންމެ ލަވަޔަކީވެސް ތަފާތު ލަވައަކަށްވެފައި ޖާދުގެ ނެށުމުގެ ކުޅަދާނަކަން ފެނިގެންދެއެވެ. ޖާދު އަށް ވަނީ ރާއްޖެއިންނާ ރާއްޖެއިން ބޭރުން ނެށުމާއި ޑިޒައިނިން ކުރުމުގެ ދާއިރާއިން އެތައް ގިނަ އެވޯޑު ތަކެއް ލިބިފައެވެ. ސްކޫލް ދައުރުން ފެށިގެން ނެށުމައް ޝައުގުވެރިކަން އުފެދުނު ޖާދު އާއްމުންނަށް ފުރަތަމަ ފެނިފައިވާނީ 2007 ވަނަ އަހަރު އެމްއެންޑީއެފްގެ ސިފަ އުފާ ޝޯގެ ތެރެއިންނެވެ. ޖާދުގެ ނެށުމުގެ ހުނަރުތައް ގިނަ ސްޓޭޖު ތަކުންނާއި ރާއްޖޭގެ ގިނަ މަޝްހޫރު ފަންނާނުންނާ އެކީގަ ކުޅެފައިވާ ލަވަތަކުން ބެލުން ތެރިންނަށްވަނީ ދައްކާލާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ހަސަނިކާރ

    ޝަރާ ވވވވވވވވވވވވވވ ރީތި