ޚަބަރު
އެފްއެސްއެމް ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި އާރްއާރްސީން ކާމިޔާބްކޮށްފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ކާމިޔާބުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް އެއްވަނަ ދަނޑުގައި ރޭ ކުޅުނު ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލް މެޗުގައި އާދަމް ނާސިހު (އާދަންނާ) ޖަހައިދިން ހެޓްރިކް ލަނޑާއެކު އެފް.އެސް.އެމް ބަލިކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ފޯރިގަދަ މެޗުގައި އާރުއާރުސީގެ ކުޅުންތެރިޔާ އިސްމައިލް މުނީޒަށް ދެ ރީނދޫ ކާޑު ދައްކަން ޖެހުމުގެ ސަބަބުން އޭނައަށް މިމެޗުގައި ނުކުޅެވޭ ގޮތަށް ވަނީ ދަނޑުން ބާލާފައެވެ. މުނީޒްގެ ބަދަލުގައި ކުޅެން އެރީ އަލީ ޝިފާއު (ރޮނާ) އެވެ.

މިމެޗުގައި އެފް.އެސް.އެމުން ވަނީ ގަދަ ކުޅުމެއް ދައްކާފައެވެ. ގޯލެއް ކާމިޔާބުނުކުރެވުނު ކަމުގައިވިޔަސް އެތައް ފަހަރެއްގެ މަތިން ބޯޅަ ގޯލާއި އަމާޒުކުރިއެވެ. 21 އަހަރަށްފަހު ކުންފުނީގެ ކުލަ އާއި ލޯގޯ ރީބްރޭންޑް ކޮށް ރޭގެ މެޗުގައި އެކުންފުނީގެ ޓީމް އޮތީ އޮރެންޖް ކުލައިގެ ޖޯޒީގައެވެ. އެ ޓީމުން މުބާރާތުގައި ކުރިން ކުޅުނީ ފެހި ކުލަޔާއި ނޫ ކުލައިގެ ޖޯޒީގަ އެވެ. މިއީ އެފްއެސްއެމް އިން ކްލަބް މޯލްޑިވްސް ކަޕް ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

2017 ވަނަ އަހަރު ކްލަބް މޯލްޑިވްސްގެ ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ކްލަބެއްގެ ގޮތުގައި އާރްއާރްސީން ޗެމްޕިއަންކަން މި ހޯދީ ބައިވެރިވި ފުރަތަމަ ފަހަރުއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅުގައި އިބްރާހިމް އަސްވަދު (ގަބޭ) ޖެހި ގޯލާއެކު އާރުއާރުސީން ވަނީ މެޗުގެ ލީޑް ނަގާފައެވެ. އެޓީމުން ކާމިޔާބުހޯދާފައިވަނީ އާދަންނާ ޖެހި ތިންލަނޑުގެ ހެޓްރިކާއެކުގައެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އާދަންނާއެވެ. އަދި ކްލަބް މޯލްޑިވްސް އިން ހޮވާ “ކިންގް އޮފް ފުޓްސަލް” އަކީ އާރްއާރްސީގެ ކެޕްޓަން އިބްރާހިމް މައިޝާން (މައި) އެވެ. ފެއާޕްލޭ ކުޅުންތެރިއަކީ އާރްއާރްސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޭނާ ވަނީ އެމްއާރްޑީސީގެ ނަމުގައި ވެސް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

މުބާރާތުގެ އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަކަށް ހޮވުނީ ވެސް އާރްއާރްސީ އެވެ. އެންމެ މޮޅު ކޯޗަކީ އާރްއާރްސީގެ ކޯޗު އަބްދުﷲ ނަސީރު (އަބޯ) އެވެ. ފެއާ ޕްލޭ ޓީމަކީ ޕްރިޒަން ކްލަބްއެވެ.

އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ދެ ކުޅުންތެރިއަކަށް ލިބުނެވެ. އެއީ އެސްޓީއޯގެ އިސްމާއިލް ވަޖީހު (ވައްޖެ) އާއި ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އެވެ. ދެ ކުޅުންތެރިން ވެސް އަށް ގޯލު ޖެހި އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާރްއާރްސީގެ މައިޝާން، ގަބޭ އަދި ކީޕަރު ޒުހަލްގެ އިތުރުން އެފްއެސްއެމްގެ ވިޖުއްކޮ އާއި ނާއިފް ޝަފީގު (ސީއާރް3) އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!