ޚަބަރު
ނޮވެމްބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށްފައިވޭ

ނޮވެންބަރު 2021 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއިން އާންމުކޮށްފައިވާ ނޮވެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ 184 މައްސަލަ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާއިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއްވަނީ ހުށަހެޅިފައެވެ. އެގޮތުން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖުމްލަ 29 މައްސަލައެއްވަނީ ރިޕޯޓު ކުރެވިފައެވެ.

އަދި އިހުމާލު ވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 4 މައްސަލައިގެ އިތުރުން ކުޑަކުއްޖަކު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 2 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީއިން މިއަދު އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އާއިލީ މައްސަލަތަކުގެ ގޮތުގައި ޖުމްލަ 26 މައްސަލައެއް ހުށަހެޅިފައިވާއިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ ހިމެނެއެވެ.

އަދި ވަކި ޖިންސަކަށް ވީދީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލަ ނޮވެންބަރުމަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގަސއި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، ނަފްސާނީ އަނިޔާކުރުން/އަނގަބަހުން ކުރެވޭ އަނިޔާ ކުރުމުގެ 8 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 01 މައްސަލަ އަދި ފާރަލުމުގެ 1 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންގެ އަޚުލާގީ މައްސަލަ ތަކުގެ ގޮތުގައި ޖުމްލަ 17 މައްސަލަ ނޮވެމްބަރު މަހު ވަނީ ހުށަހަޅައިފައެވެ. އޭގެ ތެރޭފގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 8 މައްސަލަ، ރުޅި އިސްކުރުން/ ރުޅި ގަދަވެގެން އުޅުމުގެ 7 މައްސަލަ އަދި ގެއިން ނުކުމެގެން ދިއުމުގެ 2 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 13 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 11 މައްސަލަ އަދި އަމިއްލައަށް މަރުވާ ހިޔާލު އައުމުގެ 2 މައްސަލައެއްވަނީ ހުށަހެޅިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލައެއް ނޮވެންބަރު މަހު ވަނީ އެމިނިސްޓްރީއަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 08 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 03 މައްސަލަ ހިމެނެއެވެ.

ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 05 މައްސަލަ ނޮވެންބަރުމަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ 02 މައްސަލަ، ތަޢުލީމަށް ހުރަސްއެޅުމުގެ 02 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުން / ނުދިނުމުގެ 01 މައްސަލައެވެ.

ޤާނޫނާއި ގާވާއިދާ ހިލާފުވުމުގެ 05 މައްސަލަ ނޮވެންބަރުމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ މާރާމާރީ ހިންގައިގެން 04 މައްސަލަ އަދި އިތުރު 01 މައްސަލަ ހިމެނެއެވެ.

ނޮވެންބަރުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 208 އެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!