ޚަބަރު
ސަރުކާރުން މަސައްކަތް ކުރަނީ އަރަބިއްޔާގެ މައްސަލަ އިތުރަށް ގޯސްކުރަން – ސަލަފް

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ( ޢަރަބިއްޔާ ސްކޫލް) ގެ މައްސަލަ ހައްލުކުރުމުގެ ބަދަލުގައި މިއަދު ވެސް ފެނިގެންދަނީ މައްސަލަ އިތުރަށް ގޯސްކުރުމަށް ސަރުކާރުގެ ފަރާތްތަކުން މަސައްކަތްކުރަމުންދާ މަންޒަރުކަމަށް ޖަމްޢިއްޔަތުއް ސަލަފުން ބުނެފިއެވެ.

ސަލަފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރަކީ އަރަބި އިސްލާމީ ތައުލީމުގެ ވަސް ރާއްޖޭގެ ފަސްގަނޑުން ފޮހެލުމަށްޓަކައި ރޭވިގެން މަސައްކަތްތަކެއް ކުރަމުން ގެންދާ ދުވަސްވަރެއް ކަމަށާއި، މިވަގުތު ރާއްޖޭގައި ހުރި ހަމައެކަނި އަރަބި އިސްލާމީ ތައުލީމު ދެމުންދާ މަދަރުސާ ކަމުގަިއވާ އަރަބިއްޔާ ނައްތައިލުމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި މިކަމަކީ އެޖަމިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މި މުހިންމި އިލްމީ މުއައްސަސާއާމެދު ކަމާބެހޭ އިދާރާތަކުން އިހުމާލުވުމުގެ ނަތީޖާއަކީ މިއަދު އެމަދަރުސާގެ އިމާރާތަކީ ކުދިން ކިޔަވަންދާން އެކަށީގެންވާ ރައްކާތެރި ތަނަކަށް ނުވުންކަންވެސް ބަޔާނުގައި ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލްގެ މައްސަލަ ހޫނުވެފައި މިވަނީ، އެސްކޫލްގެ ބެލެނިވެރިން އެދިފައިވާ ގޮތާއި ޚިލާފަށް އެޑިއުކޭޝަން މިނިސްޓްރީއިން އެސްކޫލްގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލުކުރަން މަސައްކަތް ކޮށްފައިވާތީއެވެ. މިކަމާ ގުޅިގެން އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން މުޒާހަރާ ކުރަމުންދާއިރު ބެލެނިވެރިން ބުނަނީ އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވާ ގޮތަށް އެސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ކިޔަވަން ނުފޮނުވާނެ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!