ރިޕޯޓް
އޮނަރަބަލް އުމަރު ޒާހިރު އަކީ ދިވެހި ތާރީޚުގަ އެފަދަ ދެވަނައެއް ނުވާ ޝަޚްޝިއްޔަތެއް

ދިވެހި ދައުލަތަށް އަދި ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު ކޮވިޑް-19 ބަލީގައި ފަރުވާދެމުންދަނިކޮށް މިއަދުގެ ވަގުތެއްގައި އަވަހާރަވެވަޑައިގެންނެވި އިރު އެމަނިކުފާނުގެ އުމުރަކީ 85 އަހަރެވެ.

އުމަރު ޒާހިރު އަވަހާރަވެފައި ވަނީ ކޮވިޑަށް ފައްސިވެގެން، ހާލު ސީރިއަސްވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކުރައްވާފައިވާ އުމަރު ޒާހިރު މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރެއްވުމުންނެވެ.

އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އޮކްޓޯބަރ 1936 ވަނަ އަހަރުއެވެ.

އޮނަރަބްލް ޢުމަރު ޒާހިރު ނިޝާން ޢިއްޒުއްދީނުގެ ވެރިޔާއަކީ 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ މުރާލި ހީވާގި ޤައުމީ މުވާޠިނެކެވެ. ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ގާތުން ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެކެވެ.

އޮނރަބަލް ޢުމަރު ޒާހިރު އަދާކުރެއްވި ކުރެއްވި މުހިންމު ބައެއް މަޤާމުތައް

– ދާޚިލިއްޔާގެ މަޤާމުތައް، އައްޑޫ ގަމުގެ ލިއެޒަން އޮފީހުގެ ވަޒީފާ
– މަޖީދިއްޔާގެ ހެޑްމާސްޓަރ
– ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާ
– ބަނޑޮސް ރިސޯޓްގެ މެނޭޖަރ (ސަރުކާރުގެ ވަޒީފާއެއް ނޫން)
– މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު
– މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބު

އޮނަރަބްލް ޢުމަރު ޒާހިރު އަދާކުރެއްވި، ސަރުކާރުގެ އިސްމަޤާމުތައް

– މާލޭ މުނިސިޕަލްޓީގެ ރައީސް (1980-1993)
– މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސަރވިސަސް 1983-1988 (ދާޚިލީ އަދި އިޖުތިމާޢީ ޚިދުމަތްތައް، ފެންޝަން، ސޯޝިއަލް ވެލްފެއަރ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުން، ތިމާވެށި ރައްކާތެރިކުރުން، މިނޫންވެސް އިޖުތިމާޢީ ކަންކަމާބެހޭ ވަޒީރު)
– މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް 1988-1993 (ދާޚިލީ ވަޒީރު އަދި ކުޅިވަރާބެހޭ ފުރަތަމަ ވަޒީރު)
– މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސް 1993-2004
– މިނިސްޓަރ އޮފް ހޯމް އެފެއާޒް 2004-2005 (ދާޚިލީ އަދި ފުލުހުންގެ ވަޒީރު)
– ސީނިއަރ މިނިސްޓަރ 2005-2008 (ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)
– ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަން (1990ގެ އަހަރުތައް)
– ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ މެންބަރުކަން (1980ގެ އަހަރުތަކުން 1990ގެ އަހަރުތަކަށް)

ކުރެއްވި ޚާއްޞަ ޚިދުމަތްތައް

– 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި
– މަޖީދިއްޔާގައި ޢިލްމީ އަޚްލާޤީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
– މާލޭގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަސައްކަތްތައް/ މާލޭ މަގުހެދުމުގެ މަޝްރޫޢު/ މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫޢު
– ހުޅުމާލެ މަޝްރޫޢު
– ކުނިނައްތާލުމުގެ މަޝްރޫޢާއި ކަމާބެހޭ މަސައްކަތްތައް
– ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
– ފުވައްމުލަކު ބަނދަރުގެ މަޝްރޫޢު
– ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
– ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު

إنّا لله وإنّا إليه راجعون

ރަޙުމާތްވަންތަ ރަޙީމްވަންތަ ކަރީމްވަންތަ މާތްﷲ ސުބުޙާނަހޫވަތަޢާލާގެ މަތިވެރި ޙަޟުރަތުން، މަރުޙޫމަށް ރުއްސެވުމާއި ފުއްސެވުމާއި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
آمین

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!