ކުޅިވަރު
ހުވަދޫ ފުޓްސަލް ކިންގް ނާއިފް:ރާއްޖޭގެ ގަދަ 5 ކުޅުންތެރިންގެ ލިސްޓަށް

ނިމިގެން ދިޔަ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިޔާގެ ތެރޭގައި  ހުވަދޫ ފުޓްސަލް ކިންގް ސީއާރ3 ހިމެނިއްޖެއެވެ.

2018 ވަނަ އަހަރު އޮތް ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ދިރާގު ޓީމަށް ކުޅުމަށް ލިބުނު ފުރުސަތުގެ ތެރެއިން މަޝްހޫރު ވެގެން ދިޔަ ގދ މަޑަވެލީ ނާއިފް ޝަފީގް (ހުވަދޫ ސީއާރ3) އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ކްލަބް މޯލްޑިވްސް ފުޓްސަލް 2021 ގެ މުބާރާތުގައި ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އަށް ކުޅެ އޭނާ ދެއްކި މޮޅު ކުޅުމަށް ބަލައިގެންނެވެ. ފައިނަލް ގައި އާރއާރސީ އާއި ބައްދަލު ކޮށް ރަނަރަޕްކަން އެފްއެސްއެމް އަށް ލިބުނު އިރު  ހުވަދޫ ފުޓްސަލް ކިންގް ސީއާރ3 ގެ މަސައްކަތް އެ ޓީމުންވެސް ވަނީ ފާހަގަ ކޮށްފައެވެ.

ގދ މަޑަވެލީ ނާއިފް ޝަފީގް (ހުވަދޫ ސީއާރ3)

” ކާމިޔާބާ ކުރިއެރުންތަކަކީ އެމީހަކު އެކަނި ކުރާ މަސައްކަތް ތަކުން ލިބޭ އެއްޗެއް ނޫން. މި ފުރުސަތުގައި އަޅުގަނޑަށް އެހީވި އަދި ވަމުންދާ އެއްމެންނަށް ޝުކުރުވެރިވަން ވަކިން ޚާއްސަ ކޮށް އެފްއެސްއެމް ގެ އެމްޑީ އާއި މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރިޔާ” ސީއާރ3 ބުންޏެވެ. 

މިހާތަނަށް 50 މުބާރާތުގައި ބައިވެރިވެ އެކިއެކި މެޑަލް ޙާސިލް ކޮއްފައިވާ ސީއާރ3 ބުނީ އޭނާ އަށް މިއަދު ލިބުން ކާމިޔާބުގެ އަސްލަކީ 2018 ވަނަ އަހަރު ދިރާގަށް ކުޅުނު މުބާރާތުގައި ލިބުން އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމު ކަމަށާއި އެ ހިސާބުން ފެށިގެން ކުރިއަށް އައީ އޭނާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށް ކަމަށެވެ.

ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް އަށް މި ފަހަރު ލިބުނު ކާމިޔާބީގެ ފަހަތުގައި ސީއާރ3 ވާ އިރު މި ކާމިޔާބީ އަކީ މިހާތަނަށް ފުޓްސަލް ގައި  އެފްއެސްއެމް ހޯދި އެންމެ ތާރީޚީ ކުރިއެރުންވެސް މެއެވެ.

ހުވަދޫ ފުޓްސަލް ކިންގް ސީއާރ3 ގެ ނަމުން މިއަދު ފިޔަ ޖަހަމުންދާ ޒުވާން ތަރި އަކީ މުޅި އަތޮޅު ފަޚުރުވެރިވާ އުންމީދީ ތަރިއެކެވެ. ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައިވެސް ނަން ހިނގާ މޮޅު ކުޅުންތެރިޔެކެވެ.

މިއަދަށް 26 އަހަރު ފުރޭ ނާއިފް ޝަފީގް އަކީ އޭނާގެ ކުޅިވަރު ޙަޔާތުގެ ފާހަގަ ކޮށްލެވޭ ރަނގަޅު ކާމިޔާބީ އެއް ހަދާފައިވާ ކުޅިވަރުގެ އަޚްލާގާއި ސުލޫކު ފެތޭ މޮޅު ކުޅުންތެރިޔެކެވެ.

ހުވަދޫ ފުޓްސަލް ކިންގް ސީއާރ3 ހޯދާފައިވާ ބައެއް ކާމިޔާބީތައް:

 • – ގޯލްޑަން ފުޓްސަލް ޗެލެންޖް 2016 ގެ ގދ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ, އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ.
 • – މޯލްޑިވިއަން ޗެމްޕިއަންޝިޕް 2016 ގެ ޗެމްޕިިއަންކަން.
 • – ގދ އަތޮޅު ޗެމްޕިއަންސް މާސް ފުޓްސަލް އުފާ ގެ އެންމެ މޮޅު 5 އަދި ރަނަރަޕް.
 • – މަޑަވެލި ކައުންސިލްގެ އަހަރީ ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިޔާ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ
 • – ކްލަބް މޯލްޑިވްސް 2019 ގެ މެޗް ތަކުން އެންމެ މޮޅު ކުޅުންތެރިޔާ.
 • – އެމްއާރއެސް ރަމަޟާން ފުޓްސަލް އުފާ 2019 ގެ އެންމެ ގިނަ ގޯލު. ޗެމްޕިިއަންކަން.
 • – ނުފޫޒް އިންޓަރ ފުޓްސަލް ކަޕް 2019 ގެ ކިންގް އޮފް ޓޯނަމެންޓް، އެންމެ މޮޅު ކުޅުންތެރިޔާ, ޗެމްޕިިއަންކަން
 • – ރާވެރިޔާ ފުޓްސަލް ކަޕް 2019 ގެ 7 މެޗްގެ މޮޅު ކުޅުންތެރިޔާ. ގދ ގެ މޮޅު ކުޅުންތެރިޔާ. އަދި ގދ ގެ ތަށި.
 • – އެމް7 ފުޓްސަލް 2019 ގެ މެޗް މޮޅު ކުޅުންތެރިޔާ އަދި ސެމީ ފައިނަލް. 

ހުވަދު އަތޮޅު ގެ މަޑަވެލީ ގެ ރައްޔިތުންނަށް ހުރި ފުޓްބޯޅައިގެ ފަހަރެއް ކަމަށްވާ  CR3 މިވަގުތު ހުރީ ކްލަބް މޯލްޑިވްސް ގެ މުބާރާތް ނިންމާލަން ފަހު މާލޭގައެވެ. އޭނާ އިންޑިއާ ކުރާ ދަތުރަކަށްފަހު ދެން އޭނާ ފެނިގެން ދާނެ ކަމަށް ބެލެވެނީ  މި މަހު ފަހުކޮޅު ގދ ތިނަދޫ ގައި ފަށާ ހަވަރު ސްޕޯޓްސް ގެ މުބާރާތުގައި، އޭނާ އަމިއްލަ ވަޒަން ކަމަށްވާ މަޑަވެލީ ޓީމުންނެވެ.

މި ފުރުސަތުގައި ހުވަދޫ ފުޓްސަލް ކިންގް ސީއާރ3 އަށް ހުވަދޫ ނިއުސް ގެ ފަރާތުން އުފާވެރި އުފަން ދުވަހަކަށް ތަހުނިޔާ ކިޔަމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. Akhthar alha gasam gaathu bonegan FSM ge coach gaathun ahahele eyaa CR3 full kote nuaruvoo keyakeygoho hey?

  • Emma gina goale jahane kulhuntheriyaate veyannei kamate.