ޚަބަރު
މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި މެމްބަރު މޮސްޓާ ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު، މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ހަޑިހުތުރު ބަހުން މުއާމަލާތް ކޮށްފިއެވެ.

މަޖިލީހުގެ މެމްބަރުންނަށް ހަދާފައިވާ ރަސްމީ ވަޓްސްއެޕް ގްރޫޕް “ޕީޕަލްސް މަޖިލިސް) ގްރޫޕްގައި ހަޑިހުތުރު ބަހުން މޮސްޓާ މުއާމަލާތް ކޮށްފައިވާ ސްކްރީންޝޮޓް ތަކެއް މިހާރުދަނީ މީސްމީޑިއާގައި ދައުރުވަމުންނެެވެ.

މެމްބަރަކު މޮސްޓާއާ ދިމާލަށް “މިއަދު މޮސްޓާ ފިރިހެނުންނާ އަޅައިގެން އުޅުއްވާ ދުވަހެއްތޯ” ވިދާޅުވުމުން އެ ސުވާލަށް ޖަވާބު ދެއްވަމުން މޮސްޓާ ވަނީ އެމެމްބަރުގެ މަންމައާ ދިމާލަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައެވެ. ބޭއަދަބީ ބަސް ބޭނުންކުރެއްވުމުން ނަފްސާނީ ޑޮކްޓަރެއްގެ އެހީ ހޯއްދެވުމަށް އެ މެމްބަރު ގްރޫޕޫގައި ލިޔުއްވުމުން އަނެއްކާވެސް މޮސްޓާ ވަނީ ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، މަޖިލީހުގެ މެންބަރުންގެ ޢަމަލުތައް އަބަދުވެސްް ބަހައްޓަންވާނީ މަޖިލީހުގެ ޤަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިންކަމަށެވެ. އަދި ގަވާއިދުގެ ރޫޙަށް މަޖިލީހުގެ މެންބަރުންް އަބަދުވެސް އިހްތިރާމުކުރަންވާނެކަމަށްވެސް ވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!