ޚަބަރު
18 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ތާއީދު ކޮށްފި

މިދިޔަ ނޮވެމްބަރު 2 ވަނަ ދުވަހު، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން އުޅުނު 18 ކިލޯ ޑްރަގްގެ މައްސަލައިގައި ހައްޔަރުކުރި ބްރެޒިލްގެ އަންހެން މީހާ، ނައިރު ނުނެސް ޑިސްސޫޒާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

އަންހެން މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު، އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ، ނައިރު ނުނެސް ޑިސްސޫޒާ ހަތަރު ފަހަރެެއްގެ މަތިން 29 ދުވަހު ފުލުހުންގެ ތަހުގީގުގައި ބަހައްޓައި އަދި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފުލުހުން ހުށަހެޅި އިރުވެސް ފުރަތަމަ ދުވަހު ހުށަހެޅި ހެއްކާއި ގަރީނާގެ އިތުރުން އެއްވެސް ގޮތަކުން އޭނާގެ ލަގެޖުން ފެނިފައިވާ މަސްތުވާތަކެއްޗާއި އޭނާއާއި ގުޅުވޭނެ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި އޭނާއާއި ދެކޮޅަށް އޮތް ހަމަ އެކަނި ހެއްކަކީ، ނައިރު ނުނެސް ޑިސްސޫޒާއާ އެކު ދެން ދަތުރު ކުރި ކްރިސްޓިއާނޯ ސިލްވާ ރޮޑްރިޖް ޖޫނިއާގެ ލަގެޖުން މަސްތުވާތަކެތި ފެނިފައިވުމާއި، އަދި ދެމީހުންގެ އަންނައުނު އެއް ލަގެޖެއްގައި ހުރުންކަން ހައިކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ޤާނޫނީ މާއްދާތަކާއި، އެއާ ވިދިގެން ޤާނޫނުގައި ބަޔާންކުރެވިފައިވާ މާއްދާތަކަށް ނަޒަރުކުރުމުން، ކުށެއްގެ ތުހުމަތުގައި ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްގެ ގޮތުގައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ހިމަނާފައިވަނީ، ހަމައެކަނި ކަރުދާހުގައި ލިޔެލާފައި އޮތް ނުވަތަ ދުލުން ބުނެލާ ބުނެލުމަކުން ކުރެވޭ ނުވަތަ ކުރެވެންޖެހޭނެ ކަމެއްގެ ގޮތުގައި ނޫން ކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

އެއާ ޚިލާފަށް މުއްތަހަމުގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން، އެ ފަރާތް ބަންދުން ދޫކޮށްލައިފިނަމަ، އެކަމުގެ ސަބަބުން މުޖުތަމައަށް އޮތް ނުރައްކާ އެ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާއި އަދި ލިބިފައިވާ ހެކި ޤަރީނާއާ ގުޅުވައިގެން ޝަރީއަތަށް ފަހުމްވާ މިންވަރަށް ތަފްސީލުކޮށްދޭން ޖެހޭނެކަމަށް ހައިކޯޓުގެ ހުކުމުގައި ވެއެވެ.

ހައިކޯޓުގެ ހުކުމް ޕީޖީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!