ޚަބަރު
ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވާތީ، މާލޭގެ ބައެއް މަގުތައް ބަންދު ކުރަނީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން ސަލާމަތީ ސަަބަބުތަކަށްޓަކައި މާލެސިޓީގެ ބައެއް މަގުތައް ބަންދުކުރަން ނިންމައި، ބަންދުކުރަން ހަމަޖެހިފައިވާ މަގުތަކުގެ ޗާޓެއް ފުލުހުން އާންމުކޮށްފިއެވެ.

އެގޮތުން ފުލުހުން ވިދާޅުވީ، އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގެ މަގުތަކާއި ޕާކިންގ ޒޯންތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން 2021 ޑިސެމްބަރު 23 ވަނަ ދުވަހުގެ 07:00 އިން ފެށިގެން 21:00 އާ ހަމައަށް އެކި ވަގުތުތަކުގައި ފައިމަގުގައި އުޅުއްވާ މީހުންނާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް މަގުތައް ބަންދުކުރުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ.

ހަމައެއާއެކު އެސަރަހައްދުގައި ހުރި ޕާކިންގ ޒޯންތައް ހުސްކުރުމަށް ހަމަޖެހިފައިވާތީ 2021 ޑިސެމްބަރު 22 ވަނަ ދުވަހުގެ 20:00 ގެ ކުރިން ޕާކިންގ ޒޯންތަކުގައި ހުރި އުޅަނދުތައް ނަންގަވައި ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުން ދަންނަވާފައިވެއެވެ. އަދި އެ ވަގުތުތަކުގައި އެސަރަހައްދަށް އެކި ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން އަމަލުކޮށްދެއްވުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މަތީގައި ދަންނަވާފައިވާ ވަގުތުގައި މާލޭގެ މުހިއްމު ސަރަހައްދެއް ބަންދުކުރެވުނު ނަމަވެސް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މިކަމުގައިވެސް ދެއްވުމަށް ފުލުހުން އެދިފައިވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!