ޚަބަރު
އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކާއި ގުޅިގެން ގެމަނަފުށީގައި އިވެންޓެއް ބާއްވައިފި

އެވިޑް ކޮލެޖްގެ ޖެނުއަރީ އިންޓޭކް ކޯސްތަކާއި ބެހޭ މައުލޫމާތް ފޯރުކޮށްދިނުމަށްޓަކައި ގއ.ގެމަނަފުށީގައި ތިންދުވަހުގެ ހަރަކާތެއް ބާއްވައިފިއެވެ.

ޖެނުއަރީ އިންޓޭކް ކޯސްތަކާއި ބެހޭ މައުލޫމާތްތައް ފޯރުކޮށްދީ ކޯސްތަކަށް ވަންނަން ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެވިޑް ކޮލެޖުން ދަނީ ހުވަދު އަތޮޅުގެ ގިނަރަށްތަކުގައި ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން ގެމަނަފުށީގައި މިމަހު 16 އިން 19 އަށް ބޭއްވުނުު ހަރާކާތްތަކަށް ބަލާލާއިރު އެންމެ ފުރަތަމަ ދުވަހު އެރަށު ފުޓްސަލް ދަނޑުގައި އިވެންޓެއް ބޭއްވުނެވެ. މިއިވެންޓުގައި ކޯސްތަކާއި ބެހޭ މައުލުމާތްތައް އާންމުންނަށް ފޯރުކޮށްދީ ކޯސްތަކަށް ވަންނަން ބޭނުންވާ ކުދިން ފޯމްފުރުމުގެ ކަންތައް ކުރިޔަށް ގެންދެވުނެވެ.

ދެވަނަ ދުވަހު ގެމަނަފުށީ ކައުންސިލް މެންބަރުންނާއި ބައްދަލުކޮށް އެވިޑް ކޮލެޖްގެ ފަރާތުން އެރަށުގައި ހިންގިދާނެ ކޯސްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން އެވިޑް ކޮލެޖްގެ ޓީމް ރަށުތެރޭގައި ހަރަކާތްތެރިވެ ކޯސްތަކާއިބެހޭ ލީފްލެޓްތައް ބެހުމުގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ.

އެވިޑް ކޮލެޖްގެ ޓީމް ގެމަނަފުށީ ކައުންސިލް މެންބަރުންނާއި ބައްދަލުކުރުން /ފޮޓޯ: އެވިޑް ކޮލެޖް

ގެމަނަފުށީގެ އާންމުންނަށާއި ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް މައުލޫމާތް ސެޝަންތަކެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. ރަށުތެރޭގައި ބެނާތައް ދެމުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދެވުނެވެ.

އެވިޑް ކޮލެޖްގެ ޓީމް ގެމަނަފުއްޓަށް ކުރި ތިން ދުވަހުގެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށް އެވިޑް ކޮލެޖުން ވަނީ މައުލޫމާތު ދީފައެވެ. އަދި މިދަތުރުގައި އެރަށު ކައުންސިލްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެވިޑް ކޮލެޖުން ވަނީ ގެމަނަފުށީ ކައުންސިލަށް ޝުކުރު ދަންނަވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!