ޚަބަރު
ފިޔާ ޓަނަކާއި، ދެލެޕްޓޮޕުން ގައުމު ހިންގަން ގަނޑުވަރު ރަސްގެފާނު ބުންޏަސް އިންޑިއާ އައުޓް ގޮވާނެ – ސައީދު

ފިޔާ ޓަނަކާއި، ދެލެޕްޓޮޕުން ގައުމު ހިންގަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިޔަސް އިންޑިއާ އައުޓް ގޮވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ، އެމްޑީޕީއިން މިއަދު މާލެސިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، އިންޑިއާ އައުޓް ނުގޮވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ނުގޮވޭނެ ކަމަށާއި، ރައީސް ޔާމީނަށް އިންޑިއާ އައުޓް ޓީޝާޓުގައި ޖަހައިގެން ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ. އަދި އެކަން ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމަށްވެސް އެޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ،  ފިޔާ ޓަނަކާއި، ދެ ލެޕްޓޮޕުން ގައުމު ހިންގޭނެ ކަމަށް ގަނޑުވަރު ތެރޭ ރަސްރަސްކަލުން، ރީނދޫ ގަމީސް ކޮޅުގައި ނަލަހެދިގެން ނިކުމެ ބުންޏަސް އިންޑިއާ ސިފައިން މިގައުމުން ފައިބަން ދިވެހިން ގޮވާނެ ކަމަށެވެ.

އިންޑިއާ އައުޓް ކެމްޕޭނަކީ، އިދިކޮޅު ކޯލިޝަނުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެތިބި މައްސަލައިގައި ހިންގަމުންދާ ހަރަކާތެކެވެ. ހަމައެއާއެކު އެކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނެވުމާއެކު އެހަރަކާތްތައް މިވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!