ޚަބަރު
އިންޑިއާއަށް ވާގިވެރިވާ މި ސަރުކާރުގެ ވެރިން ފިތި ބާރުވިޔަސް އިންޑިއާ އައުޓް ގޮވޭނެ – އަޒުހަރު

އިންޑިއާއަށް ވާގިވެރިވާ މިސަރުކާރުގެ އިސްވެރިން ފިތި ބާރުވެފައި ތިއްބެވިޔަސް އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި، އަދި ދިވެހި ރައްޔިތުން ގޮވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް މެމްބަރ އަޒުހަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އަޒުހަރު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތްތަކާ ގުޅިގެން އެހަރަކާތްތަކާ ދެކޮޅަށް ސަރުކާރު އަދި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުން ވާހަކަދައްކަވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން އަޒުހަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ އަށް ވާގިވެރިވާ މި ސަރުކާރުގެ ވެރިން ފިތި ބާރުވިޔަސް އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި،  އަދި ދިވެހި ރައްޔިތުން ގޮވަންވެސް ގޮވާނެކަމަށެވެ.

“އެމްޑީޕީ އިން އިންޑިއާ ދަށުވެ ތިބޭ ގޮތަކަށް އެންމެން ނުޖެހޭ ތަބާވާކަށް.މި ޤައުމުގައި އިންޑިއާ ސިފައިން ތިބިހާ ދުވަހަކު އިންޝާﷲ ފުކެއްވެސް ދޫނުދޭނަން” – އަޒުހަރު ވިދާޅުވިއެވެ.
އަޒްހަރު މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީއިން މިއަދު މާލޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދުވަނީ އިންޑިއާ އައުޓް ނުބުނެވޭނެ ކަމަށް ތަކުރާރުކޮށްފައެެވެ. އަދި މެމްބަރު ފަލާޙް ވަނީ އިންޑިއާ އައުޓް ގޮވާނަމަ ކަންފަތް މަތީ ޖަހަން ޖެހޭ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުންނަށް އިންޒާރު ދެއްވާފައެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!