އައްޑޫސިޓީގައި ހިންގާ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރައަށް ވަދެ ބަޔަކު ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވެއްޖެއެވެ.
ޓުވިޓާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފެންނަނީ، 3 މީހަކު އައސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތަނުން ދެމީހަކު އެފިހާރަތެރެއަށް ވަދެ، މޮބައިލް ފޯނު ފަދަ ތަކެތި ބަހައްޓަން ހަދާފައި ހުރި ރެކުގެ ބިއްލޫރިގަނޑު ތަޅާލައިގެން އޭގެ ތެރޭގައި ހުރި މޮބައިލް ފޯނުތައް ނަގައި ދަބަހަކަށް އަޅާ މަންޒަރު ފެނެއެވެ.
އަދި އޭގެ އިތުރުންވެސް ފިހާރައިން އިތުރު ސާމާނުތަކެއް ނަގައި ދަބަހަށް އަޅާ މަންޒަރުވެސް އެވީޑިއޯއިން ފެނިގެންދެއެވެ.
ޓުވިޓާގައި ހިއްސާކޮށްފައިވާ އެވީޑިއޯއިން ފެންނަ 3 މީހުންވެސް ތިބީ މޫނު ނިވާކޮށްގެންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރުމަށް އެމީހުން ފިހާރައަށް ވަދެފައިވަނީ ރޭ ފަތިހު 3:20 އެހާކަންހާއިރުއެވެ.
މިމައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ވަނީ ނުވެފައެވެ.