ޚަބަރު
ޖެނުއަރީއިން ފެށިގެން ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ބޭނުންކުރަނީ

ޖެނުއަރީ 1އިން ފެށިގެން ފަތުރުވެރިކަމުގެ ރަން އަހަރުގެ ލޯގޯ ބޭނުންކުރަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން “2022 ފަތުރުވެރިކަމުގެ ރަން އަހަރު” ގެ ލޯގޯ ސަރުކާރުގެ ހުރިހާ އިދާރާތަކުން ފޮނުއްވާ ރަސްމީ ސިޓީ ތަކާއި، އީ މެއިލް ފުޓަރތަކުގައި އެއް އަހަރުގެ މުއްދަތައް ބޭނުންކުރެއްވުމަށް ރައީސް ނިންމާފައިވާ ކަމަށެވެ.

އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން މި ލޯގޯ ޖެއްސެވުމަށްޓަކައި އެކަމާބެހޭ މަޢުލޫމާތު، ސަރުކާރުގެ އޮފީސްތަކަށް ދެއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރު ކުރެއްވުމުގައްޔާއި، ރާއްޖެއިން ބޭރުގައި އޮންނަ އެކިއެކި ފެއަރތަކާއި ބައްދަލުވުންތަކުގައި، ރާއްޖެ އިޝްތިހާރު ކުރުމަށް، އިނގިރޭސިބަހުން ޝިޢާރު ލިޔެފައިވާ ލޯގޯ ބޭނުންކުރެއްވުމަށް ވެސް ވަނީ އަންގާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!