ރިޕޯޓް
ގިނަބައެއްގެ ކިބައިގައި ވީނަމަވެސް، މަދުން ފެންނަ ސިފައެއް- އިމޯޝަނަލް އިންޓެލިޖެންސް

އިމޯޝަނަލަ އިންޓެލިޖެންސަކީ ކޮބައިކަން ނޭނގޭ ފަރާތްތަކަށް ބުނެލަމް އޮތީ، އިމޯޝަނަލް އިންޓެލިޖެންސަކީ، އަމިއްލަ އިޙްސާސްތަށް ހަމަޔަކަށް އަޅުވައި ކޮންޓްރޯލް ކުރަން އެނގުމާއިއެކު، އެހެން މީހުންގެ އިޙްސާސްތައް ދަނެގަނެ، އެއަށް އިޙްތިރާމް ކުރަން އެނގުމެވެ. އިމޯޝަނަލް އިންޓެލިޖެންސަކީ ގިނަ ބައެއްގެ ކިބައިގައިވާ ސިފައެކެވެ.  ނަމަވެސް، ގިނައަދަދެއްގެ މީހުންގެ ކިބައިން މިސިފަ ނުފެނެއެވެ.

އިމޯޝަނަލް އިންޓެލިޖެންސްގެ ސިފަ ގައިގައި ހަރުލަފައިވާ ފަރާތްތަކަކީ، ތަނަވަސް ހިތެއްގެ ވެރިންނަށް ވުމުގެ އިތުރުން އެހެންމީހުންނާއި ދޭތެރޭ ފުންކޮށް ވިސްނައި އަޅާލާ ފަރާތްތަކެކެވެ. ހިތް ހެޔޮވެ، މީހުންނާއި ދޭތެރޭ ފުންކޮށް ވިސްނުމަކީ ވަރަށް ރަނގަޅު ސިފައެއްގެ ގޮތުގައި ބައެއް ފަރާތްތަށް ސިފަކުރާއިރު، ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިއީ، ބަލިކަށިކަމުގެ ސިފަޔެކެވެ. އެހެން މީހުންގެ އިހްސާސްތަށް ދެނެގަތުމަށް ތިބާއަށް އެނގޭ މިންވަރަކުން، ތިބާގެ ކުޅަދާނަކަން އިތުރުވެގެން ދެއެވެ. އެހެން މީހުންގެ އިހްސާސްތައް ތިބާ ދެނެގަންނަށް ކުޅަދާނަ މިންވަރަކުން، ތިބާ ހަރުދަނާ ކާމިޔާބު އިންސާނަކަށް ވެގެންދެއެވެ.

ތިބާ އަކީ ތަނަވަސް ހިތެއްގެ ވެރިއެއްތޯ ނުވަތަ އިމޯޝަނަލް އިންޓެލިޖެންސް ހުރި މިންވަރެއް ދެނެގަނެވޭނެ ބައެއް ނިޝާންތައް މިލިޔުމުގައި ހިމަނާލަމެވެ. އިމޯޝަނަލް އިންޓެލިޖެންސޓް ފަރާތްތަކީ، ހިތް ހެޔޮ އޯގާތެރި މީހުންނަކީ، އެހެން މީހުންނާއި ގުޅުން ރަނގަޅު، މީހުން އިޙްތިރާމް ލިބިގަންނަ ބަޔެކެވެ. ބައެއް ފަރާތްތަކުން މިއީ ބަލިކަށިމީހުންގެ ސިފައެއްގެ ގޮތުގައި، ސިފަކުރި ނަމަވެސް، މިސަފަތަށް ތިބާއަށް ލިބިފައިވާނަމަ، އެއީ އުފާކުރަންޖެހޭ ކަމެކެވެ. މިއީ ތިބާ ފަޚުރުވެރިވާންޖެހޭ ކަމެކެވެ. ތިބާއަކީ، ތަނަވަސް ހިތެއްގެ ވެރިއެއްކަން އަދި އިމޯޝަނަލް އިންޓެލިޖެންސް ލެވެލް، މަތީ ލެވެލްއެއްގައި ހުރި ފަރާތްތައް ދެނެގަންނާނެ ބައެއް ނިޝާންތައް މި ލިޔުމުގައި ހިމަނާލަމެވެ.

ތިބާއަކީ އެއްވެސް ސަބަބެއް ނެތި އެހެންމީހުންނަށް ހިތްހެޔޮ މީހެއް

އިމޯޝަނަލް އިންޓެލިޖެންޓް މީހެއްގެ ހައިސިއްޔަތުން، އަހަރަމެން ކޮންމެ މީހަކުވެސް ތަފާތު ކަންތައްތަކެއް ތަޙައްމަލުކުރަންޖެހިފައިވާ ބައެއްކަން ތިބާއަށް އެނގޭނެއެވެ. ތިބާއަށް ކުރިމަތިވާފަދަ ކަމެއް ނުވަތަ އެއަށްވުރެ ގޯސް ކަމެއް އެހެން ފަރާތަކަށް ކުރިމަތިވާން ބޭނުންނުވެ، އެހެން ފަރާތްތަކުގެ އިހްސާސްތައް ދަންނަ ހިތްހެޔޮ ފަރާތަކަށް ތިބާ ވާނެއެވެ. މިއީ ބައެއް މީހުން ތިބާއަށް ހަޖޫޖަހައި ބަލިކަށި މީހެއްގެ ގޮތުގައި ތިބާ ސިފަކުރި ނަމަވެސް، އެކަމަކަށް މާބޮޑު ސަމާލުކަމެއް ދިނުން މުހިންމެއް ނޫނެވެ.

ލޯބި ހިތުގެ އަޑިން ޤަބޫލުކުރާ ފަރާތަކަށް ތިބާވުން:

ތިބާއަކީ ތަނަވަސް ހިތެއްގެ ވެރިއަކަށް ވެފައި، ލޯބި ހިތުގެ އަޑިން ޤަބޫލުކުރާ ފަރާތަކަށް ތިބާވުމީ، ލޯބި ފަތުރަން ތާއަބަދު މަސައްކަތްކުރެވޭ ސަބަބުވެސް މެއެވެ. ދުނިޔޭގައި ހުރިހާ ތަކެއްޗަށްވުރެ ތިބާ އަށް ލޯބި މުހިންމުވެފައި، ލޯބި ދީގެން ލޯބި ހާޞިލްކުރެވޭނެކަމަށް ތިބާ ޤަބޫލުކުރާނެތެވެ. ތިބާއަކީ އެހެން މީހުންނާއި ތަފާތުކޮށް، އެހެން މީހުންގެ ކިބައިގައިވާ ތަފާތު ގޯސްކަންކަން ބަލައި ހޯދާ މީހަކަށްވުރެ، އެމީހެއްގެ ކިބައިގައިވާ ރަނގަޅު ސިފަތައް ބަލައި ހޯދާ ފާރާތެކެވެ.

އެހެން މީހުން ތިބާއަށް ކަންކުރުމަށް އެދޭގޮތަށް، އެހެން މީހުންނާއި މެދު ކަންކުރުން

ކަމެއް ދިމާނުވާހާ ހިނދު، މީހުންނަށް މިދުނިޔޭގައި ރަނގަޅަށް ކަންތައް ކޮށްދޭންޖެހޭ ކަން ތިބާއަށް އެނގެއެވެ. އެހެން މީހުން ތިބާއާއި މެދު ކަންކުރުމަށް ނޭދޭ ގޮތްގޮތަށް ތިބާއާއިމެދު އެހެން މީހުން ކަންކުރުމަށް ތިބާ ނޭދެއެވެ. އެހެންކަމުން މީހުންނާއި މެދު ގޯސްކޮށް ތިބާއަށް ކަންކަން ނުކުރެވެއެވެ. ތިބާ އެހެން ފަރާތްތަކާމެދު ހިތްހެޔޮކާއި، އޯގާތެރިކަން އިސްކުރަން ސަމާލުކަން ދެއެވެ. ތިބާ ބޭނުންވަނީ މިދުނިޔެއަކީ އޯގާތެރި މީހުން ދިރިއުޅޭ ތަނަކަށް ބަދަލުކުރާށެވެ.

އެހެން މީހުންގެ އުދާސްތައް ދެކެން ނަފުރަތުކުރުމާއިއެކު، އޭގެ ސަބަބުން އަމިއްލަ ނަފްސް ހިތާމަކުރުން

ތިބާއަކީ އެހެން މީހުންނާއި ގުޅިފައިވާ ފަރާތެއްކަމުން، އެއްވެސް މީހަކު ދެރަވެ އުދާސްވެފައިވާ މަންޒަރު ދެކެން ތިބާ ބޭނުން ނުވާނެއެވެ. އެފަދަ ފަރާތްތަކުގެ ހިތާމަ، ތިބާއަށް އިޙްސާސް ކުރެވުމާއެކު، އެހިތާމައިގައި ކޮންމެވެސް ސިފައެއްގައި ތިބާއަށް ބައިވެރިވެވެއެވެ. މިއީ ބައެއްފަހަރު ތަފާތު ދަތިތައް ތިބާއަށް ކުރިމަތިވެދާނެ ކަމެކެވެ. އަދި އެފަދަ ފަރާތްތަކަށް އެހީތެރިވުމަށް، އެހީވެދޭ ކަމެއްވެސް މެއެވެ.

ތިބާ އެއްވެސް ފަރާތަކަށް ޒާތީ ހަސަދަ ނުގެންގުޅުން

ތިބާއަކީ މީހުންނާއި ޒާތީވެ، މީހުންނަށް ޒާތީ ހަސަދަ ގެންގުޅޭ ބާވަތުގެ މީހެއް ނޫނެވެ. ތިބާ ޤަބޫލުކުރާގޮތުގައި ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. އެހެން ކަމުން މީހަކަށް ގޯސްކަމެއް ކުރެވުމުން، އެމީހަކަށް ނުބައި ހިތް ގެންގުޅެ ޒާތީ ހަސަދަ އެމީހަކަށް ތިބާ ނުބާއްވައެވެ. ތިބާ ޤަބޫލުކުރާ ގޮތުގައި ދިރިއުޅުން ކޮންމެ ގޮތެއްވިޔަސް ކުރިޔަށް ދާނެއެވެ.

ބައެއް ފަހަރު ތިބާ އަކީ ތަންކޮޅެއް ނާޒުކު ފަރާތެއް

ބައެއް މީހުންނަށް ކުރިމަތިވާ ބައެއް ހިތާމަތަކާއި ގުޅިގެން ތިބާއަށް ވަރަށް ބޮޑު އަސަރެއް ކުރުވާކަން ޚުދު ތިބާއަށްވެސް އެނގެއެވެ. ތިބާ އަކީ އަނެކާއަސް ކުރިމަތިވެފައިވާ އެއަސަރު ބަދަލުކުރަން މަސައްކަތްކުރާ ފަރާތެއްކަން ތިބާއަށް އެނގެއެވެ. ތަފާތު ކަންކަމާއި ގުޅިގެން ތިބާގެ އިޙްސާސްތައް އަބަދުވެސް އެކްޓިވްކޮށް މަސައްކަތް ކުރެއެވެ. އަދި އެ އިހްސާސްތައް ފޮރުވައި މީހަކަށް ނާންގައި ރައްކާކުރުމުގެ ބަދަލުގައި، އެއިހްސާސްތައް ކޮންޓްރޯލް ކުރުމަށް ތިބާ މަސައްކަތް ކުރެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!