ޚަބަރު
ހާލުގައި ޖެހުނު ދަރިވަރުންނަށް ސަރުކާރުން އެހީވެދެނީ އެއް މަސް ދުވަހަށް

ފިލިޕީންސަށް އެރި ތޫފަން “ރާއީ”ގައި ހާލުގައި ޖެހުނު ދިވެހި ކިޔަވާ ކުދިންނަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

ތޫފާން “ރާއީ”ގެ ސަބަބުން ފިލިޕީންސްގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަތަނުގެ ސީލިންގަނޑު ވެއްޓި ހިފާ ގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއްވެ، ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ބުރޫއެރުމުގެ ސަބަބުން ދިވެހި ދަރިވަރުން ތިބީ ހާލުގައި ޖެހިފައެވެ.

އެހެންކަމުން އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށް ޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް އެކުދިންނަށް އެއްމަސް ދުވަހުގެ މާލީ އެހީއެއް ދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމާފައެވެ.

ދިވެހި ދަރިވަރުން ދިރިއުޅެމުންދިޔަ ސަރަހައްދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެނާއި ކަރަންޓުގެ ޚިދުމަތް ނުލިބުމެވެ. އޭގެ ސަބަބުން އަސާސީ ޚިދުމަތްތައް ނުލިބި އެންމެ ކުޑަމިނުން އެކުދިންގެ އާއިލާއަށް ގުޅޭނެ ގޮތެއް ނެތި ނެޓްވޯކް ހޯދުމަށްވެސް ދަތިތަކާއި ކުރިމަތިލާންޖެހެއެވެ.

ޕިލިޕީންސް އާންމު ހާލަތަށް ގެނައުމަށްޓަކައި މަހެއްހާ ދުވަސް ނަގާނެ ކަމަށް އެޤައުމުގެ ސަރުކާރުން ވިދާޅުވެފައިވާތީ ދިވެހި ސަރުކާރުން ނިންމާފައިވަނީ އެއްމަސްދުވަހުގެ އެހީއެއް ދިވެހި ކުދިންނަށް ފޯރުކޮށްދިނުމަށެވެ.

މިގޮތަށް ނިންމެވުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ކަމާގުޅުން ހުރި އިދާރާތަކާ އެކު ކުރަމުންގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ތޫފާން ރާއީގެ ސަބަބުން ފިލިޕިންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް ކާނާއާއި ބޯފެން ލިބިއްޖެ ކަމަށް މީގެ ދެ ދުވަސް ކުރިން ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!