ޚަބަރު
ފައިޒާއިން އުފެއްދި ކޮވިޑްގެ ބޭސް ބޭނުންކުރުމުގެ ހުއްދަ ދީފި

ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭހެއް ފައިޒާއިން ވަނީ އުފައްދާފައެވެ. މިބޭސް ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ އެފް.ޑީ.އޭއިން މިހާރު ވަނީ ދީފައެވެ.

ފައިޒާގެ ސީއީއޯ އަލްބާޓް ވިދާޅުވީ ކޮވިޑްގެ ފަރުވާއެއްގެ ގޮތުން ފައިޒާއިން އުފެއްދި ބޭސް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ އެފް.ޑީ.އޭއިން ދިނުމަކީ ކޮވިޑްގެ ބަލިމަޑުކަމުން ދުނިޔެ ސަލާމަތް ކުރުމަށް ސައިންސްވެރިން ކުރަމުން އަންނަ މަސައްކަތައް އަނެއްކާވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

ޕެޒްލޮވިޑް ނަމަކަށް ކިޔާ މިބޭހަކީ ކޮވިޑް ޖެހިގެން ހޮސްޕިޓަލަށް ގެންދާންޖެހޭ ހިސާބަށް ދިޔުމުގެ ކުރިން ބޭނުންކުރަންޖެހޭ ބޭޙެކެވެ. ކޮވިޑް ޖެހުމުން މިބޭސް ގޭގައިވެސް ބޭނުންކުރެވިދާނެ ކަމަށް ފައިޒާއިން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިބޭސް ބޭނުން ކުރެވޭނީ ޑޮކްޓަރުގެ ލަފަޔާ އެކީގައި ކަމަށާއި އުމުރުން 12 އަހަރަށްވުރެ ދޮށި، ބަރުދަނުގައި މަދުވެގެން 40 ކިލޯ ހުންނަ ކޮވިޑަށް ފައްސިވެފައިވާ މީހުންނަށް ޑޮކްޓަރުން މިބޭސް ދޭނެކަމަށް ފައިޒާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިބޭސް ބޭނުންކުރުމުން ކޮވިޑް ބަލީގައި ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ އަދަދި 89 އިންސައްތަ މަދުވެގެންދާނެކަމަށް ފައިޒާއިން ބުނެއެވެ.

ފައިޒާ އިން އުފެއްދި ބޭސް ޖަނަވަރީ މަހު ލިބެން ހުންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އާއްމުކޮށް ބޭނުން ކުރެވޭ މިންވަރަށް މިބޭސް އުފައްދަން އަދި ދެތިން މަސް ދުވަސް ނެގުން އެކަށީގެންވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!