ޚަބަރު
މިއަދު 10 ޖަހާއިރު ރައީސް ޝެއިޚް ހަސީނާ އާއި ބައްދަލުކުރައްވަނީ

މިއަދު ހެދުނު 10 ޖަހާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހު ހަސީނާ އާއި ބައްދަލު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ފައްޓަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

މިދަތުރުފުޅުގައި ޝެއިޚް ހަސީނާ ރާއްޖޭގައި ހަ ދުވަހު މަޑުކުރައްވާނެ ކަމަށް ވަނީ އަންގާފައެވެ. މިދުވަސްތަކުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުލޭ ބިދޭސީންގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށް ވަނީ ހާމަކޮށްފައެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ގުޅުން ރަނގަޅު ކުރުމަށް ރައީސް ސޯލިހުގެ އިސްނެންގެވުމަށް ޝެއިހު ހަސީނާ ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އެކަމަނާގެ އިއްޒަތުގައި ސަރުކާރުން މިއަދު 9:45 ގައި ރަސްމީ އޮނާގާޑެއް ބާއްވަން ވަނީ ނިންމާފައެވެ. އެއަށްފަހު އެކަމަނާ ރައީސް އާ ބައްދަލުކޮށް ދެ ގައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރެވިގެން ދާނެ ކަމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

އަދި ރައީސް ސޯލިހުއާއެކު ރަސްމީ މަޝްވަރާކުރުންތަކެއް ބޭއްވުމަށްފަހު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުގެ ގޮތުން 4 އެއްބަސްވުމެއްގައި ސޮއިކުރައްވާނެއެވެ.

މިބައްދަލުވުމަށްފަހު ދައުލަތުގެ އިސްވެރިންނާއި ޝެއިޚް ހަސީނާ ބައްދަލުކުރައްވަން ވަނީ ނިންމާފައެވެ. އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ޗީފް ޖަސްޓިސް މުއްތަޒިމް އަދުނާންގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސްވެރިންނާއެކުވެސް ބައްދަލުވުން ބޭއްވޭނެއެވެ.

މީގެ އިތުރުން މިއަދު ހަވީރު ރައްޔިތުންގެ މަޖުލީގައި އެކަމަނާގެ ތަޤުރީރު ދިނުން ވަނީ ތާވަލްކުރެވިފައެވެ.

އެ ޖަލްސާގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން، ކެބިނެޓް މެމްބަރުންނާއި ސިފައިންނާއި ފުލުހުންގެ ވެރިންނާއި މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ދައުލަތުގެ އިއްޒަތްރެރިންގެ އިތުރުން ބައެއް މަދަރުސާތަކުގެ ދަރިވަރުން ވެސް ބައިވެރިވާނެ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!