ޚަބަރު
އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތެއްގައި ކެމެރާ އޮފްކޮށްގެން އިނުމުން ފުލުހުންނަށް ކޯޓުގެ އިންޒާރެއް

ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިޔަށް ގެނދެވުނު ޝަރީއަތެއްގައި ބައިވެރިވި ފުލުހަކު ކެމެރާ އޮފްކޮށްގެން އިނދެ ވާހަކަ ދެއްކުމުން އެގޮތަށް އަމަލުނުކުރުމަށް ފުލުހުންނަށް އިންޒާރެއްދީފިއެވެ.

ވައްކަމުގެ މައްސަލައެއްގައި އޮންލައިންކޮށް ކުރިޔަށް ގެންދެވުނު އަޑުއެހުމުގައި މައްސަލަ ތަހުޤީގުކުރި ފުލުސް އޮފިސަރ ކޯޓަށް ނުފެންނަ ގޮތަށް އިނދެ ވާހަކަ ދައްކަމުންދިޔައިރު ކައިރީގައި އިތުރު މީހަކު އޭނައަށް އަމަލުކުރާނެ ގޮތް ކިޔައިދެމުން ދާކަން ޝަރީއަތަށް ފާހަގަކުރެވުމުން ގާޒީ ވަނީ އެކަމާއި ސުވާލު ކޮށްފައެވެ.

އަދި އިތުރު މީހަކު އިންތޯ ސުވާލުކުރުމުން ފުލުހުން އެކަމަށް އެއްބަސްވުމުން، ކޯޓަށް ނޭނގި ޝަރީއަތުގައި ބައިވެރިވަމުން ދިޔަ ފުލުސް އޮފިސަރު ސްކްރީނަށް ފެންނަ ގޮތަށް އަންނަން ޤާޒީ އެންގިއެވެ.، ގާޒީ ވަނީ ޝަރީއަތުގެ ހުއްދަނެތި އަދި ޝަރީއަތަށް އެނގުމެއް ނެތި މީހުން ނުވެއްދޭނެކަން ނޭނގެނީތޯ ސުވާލުކުރައްވައިފައެވެ.

ޖަވާބުގައި ފުލުހުން ވިދާޅުވީ އަޑުއެހުމުގައި ވާހަކަ ދައްކަން ޖެހުނީ އާ މީހަކަށްވާތީ އެމީހާއަށް އެހީތެރިވުމުގެ ގޮތުން ކޯޓަށް ނޭގި އެހެން ފުލުހަކުވެސް އެޝަރީއަތުގައި ބައިވެރިވީ ކަމަށެވެ. އަދި އެގޮތަށް އަމަލުކުރެވުނީތީ ފުލުހުން ވަނީ މާފަށް އެދިފައެވެ.

ގާޒީ ވިދާޅުވީ އާ އޮފިސަރަކަށް އެހީތެރިވެދިނުމަށް ސްކްރީނަށް ފެންނަ ގޮތަށް ޝަރީއަތުގައި ބައިވެރިވުމަށް އެދުމުގައި ފުލުހުންނަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ފުލުހުންގެ މައާފް ބަލައިގަތް ކަމަށެވެ.

އެހެންނަމަވެސް ޝަރީއަތުގެ އުސޫލުތަކާ ހިލާފަށް އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ އެގޮތަށް ދިމާވި ފުރަތަމަ ފަހަރު ވެސް ނޫން ކަމަށް ޤާޒީ ވަނީ ފާހަގަކޮށްފައެވެ. އިތުރަށް އެ އަމަލު ތަކުރާރުވެއްޖެ ނަމަ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބަލައި ފުލުހުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކޯޓުގެ ހުރުމަތް ކެނޑުމަކީ ވަގުތުން ޖަލު ހުކުމް ވެސް އިއްވޭނެ ކުށެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!