މަޢުލޫމާތު
ތިބާދެކެ މީހުން ގަޔާނުވަނީ ކީއްވެ؟

އެހެން މީހުން އަހަރަމެން ބަލައިގަނެ، އަދި އަހަރަމެންނަކީ އެހެން ފަރާތްތައްފަދަ ބަޔަކަށް ވުމަށް، އަހަރަމެން އިންސާނުންނަށް ވީތީ ބޭނުންވެއެވެ. އަދި އަހަރަމެން ބޭނުންވާ ފަދައިން އެހެން މީހުން ބަލައިގަންނަ ފަރާތަކަށް ނުވުމުން، ބާކީވެފައިވާ ކަމުގެ އިހްސާސް ކުރެވި އެފަދައިން ކުރިމަތިވަނީ ކޮން ސަބަބަކާ ހުރެތޯ އަމިއްލަ ނަފުސަށް ސުވާލު އުފައްދައި، އެކަމާއި ވިސްނައި ފިކުރު ކުރެވެއެވެ.

މިކަމާ ކުރިމަތިލަމާ ހިގާށެވެ. ހުރިހާ ފަރާތެއް ތިބާއާއި ގަޔާވެ ނުރުހިދާނެއެވެ. ނަމަވެސް އެހެން ފަރާތްތަށް ތިބާ ބަލައި ނުގަންނަ ކަމަށް ނުވަތަ ތިބާއާއި ގަޔާނުވާކަން ފާހަގަކުރެވޭނަމަ، ތިބާއަށް ނޭނގި ނަމަވެސް ކުރެވޭ ކޮންމެވެސް ކަމަކުން ނުވަތަ ތިބާގެ ގައިގައި ވާ ކޮންމެވެސް ސިފަޔަކާއި ހުރެ، އެހެން ފަރާތްތަށް ތިބާއާއި ދުރަށް ދިޔުމަށް ތިބާއަށް މަޖުބޫރުކުރެވެނީ ކަމުގައި ވެދާނެއެވެ. މީގެ މާނައަކީ ތިބާގެ މައްސަލައެއް އުޅެނީއޭ ނުވަތަ ތިބާއަކީ ގޯސް މީހެކޭ ނުބުނެވޭނެއެވެ. އަޅުގަނޑުމެންނަށް ދާދި ފަހުން ކުރިމަތިވި، ފުރަބަންދުގެ ސަބަބުން ނުވަތަ އަދިވެސް އެހެން ސަބަބުތަކަކާއި ހުރެ، އަޅުގަނޑުމެންނަކީ މާބޮޑަށް އެހެން މީހުންނާއި ގުޅެން ބޭނުން ނުވާ ނުވަތަ ސޯޝަލް ނޫން ފަރާތްތަކަކަށް ވުމަކީ ކައިރި ކަމެކެވެ.

ތިބާ އަކީ އެހެނިހެން މީހުންނާއި ގުޅުން ކުޑަ، ނުވަތަ މާބޮޑަށް އެހެން މީހުންނާއި ގުޅިގެން އުޅެން ބޭނުންނުވާ ނުވަތަ އެހެނިހެން ފަރާތްތަށް އެހާބޮޑަށް ގުޅުން ބާއްވަން ބޭނުންނުވާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވޭ ނަމަ، ތިބާއާއި އެހެންމީހުން ގުޅިގެން އުޅެން ގަޔާނުވާ ސަބަބުތައް ބަލާލުން މުހިންމެވެ. އެސަބަބުތައް ދެނެގަނެ އެއަށް ހައްލެއް ހޯދިދާނެއެވެ.

ތިބާދެކެ އެހެން މީހުން ގަޔާނުވެދާނެ ބައެއް ސަބަބު މިލިޔުމުގައި ހިމަނާލަމެވެ.

މާގިނައިން ވާހަކަ ދައްކާ ފަރާތަކަށް ތިބާވުން

ވާހަކަ ދައްކަން ކެރުމަކީ ވަރަށްވެސް ބޭނުންތެރި ސިފައެކެވެ. ނަމަވެސް ގިނަ މީހުން އެއްވާ ތަންތަނުގައި ނުވަތަ ތަފާތު ބައްދަލުވުންތަކުގައި އެއްފަރާތެއް މާބޮޑަށް ކޮންޓްރޯލް ނަގައި އާދަޔާ ޚިލާފަށް ގިނައިން ވާހަކަ ދެއްކުމަކީ މީހުން އެމީހަކުދެކެ ފޫހިވާ ސިފައެކެވެ. ތިބާއެކޭ އެއްފަދައިން އެހެނިހެން ފަރާތްތައްވެސް އެފަރާތްތަކުގެ ޚިޔާލާއި ޝުޢޫރު ފާޅުކުރަން ބޭނުންވާނެއެވެ. އަދި އެފަރާތްތަކަށް ފުރުޞަތު ނުދީ ތިބާ މާގިނައިން ވާހަކަ ދެއްކުމުން، ތިބާއަކީ އަމިއްލަ އެދުންބޮޑު، އަދި އަމިއްލަ މަސްލަހަތު އިސްކުރާ ފަރާތެއްގެ ލޭބަލް ޖެހެއެވެ. އެހެންކަމުން، ވާހަކަ ދެއްކުމާއި އެއްވަރަށް، އެހެން ފަރާތްތަކުން ދައްކާ ވާހަކަ އަޑުއަހާ ފަރާތެއްގެ ގޮތުގައި ތިބާވުން މުހިންމެވެ.

އަބަދު ކަންކަމާ ޝަކުވާކުރާ ފަރާތަކަށް ތިބާ ވުން

މީހުންގެ ކިބައިގައިވާ މައްސަލަ ފާހަގަކޮށް ކޮންމެ ހާލަތެއްގައިވެސް ތަފާތު ޝަކުވާ ކުރާ ނެގެޓިވް ފަރާތްތަކާއެކު އުޅެން ގިނަ މީހުން ބޭނުން ނުވާނެއެވެ. ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ބިޒީ ދިރިއުޅުމުގައިވެސް، އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާ، އުފާވެރި ރަނގަޅު ވާހަކަ ދައްކާ ފަރާތްތަކާއެކުއެވެ. ޝަކުވާ އަދި ނުރަނގަޅު ވިސްނުމުން މުޅި ދުވަސް ބަނަކުރާ މީހަކާއި ގުޅުން ބާއްވަން އެއްވެސް ފަރާތަކުން ބޭނުން ނުވާނެއެވެ. ތަފާތު ޝަކުވާ ކުރަންޖެހޭ ކަންކަމާއި ކުރިމަތިވީ ނަމަވެސް، އެކަންކަމުންވެސް، ރަނގަޅު ސިފައެއް ނުވަތަ ހިތްހަމަޖެހޭ ސިފަ ފާހަގަކުރާ ފަރާތަކަށް ވެވޭތޯ ބަލާށެވެ. ކޮންމެ ދެރައެއް ނުވަތަ ގޯހެއްގެ ފަހަތުގައި ފޮރުވިފައިވާ ފައިދާ ފެނޭތޯ ބަލާށެވެ.

ތިބާއަކީ އެހެން މީހުންނަށް ބަދު ބަސް ބުނާ ފަރާތަކަށް ވުން

ތަފާތު ހާލަތްތަކުގައި، ނުވަތަ ރަޙްމަތްތެރިންނަށް ނިސްބަތްކޮށް ތިބާއަކީ ތާއަބަދު އެހެން މީހުންކައިރީގައި އެފަރާތްތަކަށް ބަދުބަސް ބުނާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ވާހަކަތައް އެފަރާތެއްގެ ކަންފަތަށް ނާރާ ހިފެހެއްޓިފައި ހުންނާނެކަމަށް ނުވިސްނާށެވެ. އެއްވެސް ފަރާތެއްގެ ކައިރީ އަނެއްފަރާތް ނިކަމެތިކޮށްފައި ނުވަތަ ދަށްކޮށްފައި ވާހަކަ ދައްކާއިރު، ވިސްނަންޖެހެއެވެ. ތިބާގެ ބަސް އަނގައިގެން ބޭރުކުރުމަށްފަހު، އެބަހަކީ ތިބާގެ ކޮންޓްރޯލް އޮންނާނެ އެއްޗެއް ނޫނެވެ. އަދި މިފަދަ ވާހަކަތައް އަބަދުވެސް އަބުރާ ތިބާއަށް ރައްދުވާނެކަމަށް ވިސްނުން މުހިންމެވެ.

އެހެން މީހުންގެ ވާހަކަތައް ހުއްޓުވާ ފަރާތަކަށް ތިބާ ވުން

އެހެން މީހުން ދައްކާ ވާހަކަ ތިބާ މެދުތެރެއިން ހުއްޓުވުމުން، ތިބާ އަކީ އެހެން މީހުންގެ ވާހަކަތަކަށް މާބޮޑަށް ސަމާލުކަން ނުދޭ މީހެއްކަން އަނެކާއަށް އަންގައި ދިނުމުގެ އިތުރުން، އެފަރާތުގެ ވާހަކަ ތިބާއަށް މާ މުހިން ނޫންކަން އެފަރާތަށް ވިސްނުވައިދެއެވެ. ކޮންމެ މީހަކުވެސް އެމީހާގެ ވާހަކަ އަނެއް ފަރާތުން އަޑުއެހުމަށް ބޭނުންވެއެވެ. ދައްކާ ވާހަކަ އަޑު އެހުމުގެ ބަދަލުގައި ވާހަކަ ކުރިޔަށް ގެންދިޔުމަށް ހުރަސް އަޅައި، ވާހަކަ މެދު ކަނޑާލައި ވާހަކަ ދެއްކުމަކީ އަނެއް ފަރާތަށް ގޯސް މެސެޖެއް ފޯރުކޮށްދޭ ކަމެކެވެ. މިފަދައިން ކަން ކުރެވޭކަމަށް އަމިއްލަޔަށް ޤަބޫލުކުރެވޭނަމަ، މިއީ ބަދަލުކުރަންޖެހޭ ސިފައެކެވެ.

ތިބާ އަކީ މީހުންނަށް ކަންދައްކާ ފަރާތަކަށް ވުން

މީހުންނަށް ކަންދައްކަން ކަންކުރާ މީހުންނަކީ މީހުން މާބޮޑަށް ގަދަރާއި އިޙްތިރާމްކުރާ ބައެއް ނޫނެވެ. އެހެން މީހުންނަށް އަޅާލާ، އެހެން މީހުންނަށް އިޙްތިރާމް ކުރާމީހުން ދެކެ ގިނަ ބަޔަކު ލޯބިވެއެވެ. މީހުންނަށް ކަންދެއްކުމަށް އަގުބޮޑު ތަކެތި ގަނެ، މީހުންނަށް ތިބާއަކީ މާ ސްމާޓް، މާމޮޅު ނުވަތަ މާމޮޅަށް ކަންކަން އެނގޭ ފަރާތަކަށް ހެދިގެން އުޅުމަކީ ތިބާއާއިމެދު އެހެން މީހުން ގަޔާނުވެ، ދެކޭގޮތް ވަރަށް ބޮޑަށް ގޯސްވުމަށް ފުރުޞަތު ހުޅުވާ ކަމެކެވެ. އަބަދުވެސް، އެހެން މީހުންނެކޭ އެއްގޮތަށް އާދައިގެ މީހެއްގެ ގޮތުގައި ހުރުމާއެކު، އެހެން ފަރާތްތަކުން ބަލައިގަންނަ، އެހެން ފަރާތްތަކަށް އިޙްތިރާމްކުރާ ފަރާތަކަށް ތިބާ ވާށެވެ.

އަބަދުވެސް އެހެން މީހުން ބޮލުގައި ޒިންމާ އަޅުވާ ފަރާތަކަށް ތިބާވުން

ހުރިހާ މައްސަލަތަކުގެ ޒިންމާ އެހެން މީހުން ބޮލުގައި އަޅުވައި ޒިންމާއިން ރެކުމަކީ ތިބާ އަށް ކުރެވޭ ކަމެއް ހެއްޔެވެ؟ ތިބާ އުންމީދު ކުރާ މިންވަރަށް އެހެން މީހުންނަށް ކަންކަން ނުކުރެވޭ ކަމަށް އަމިއްލަޔަށް ހީވުމާއިއެކު، ކުރިމަތިވާ އެއްވެސް ކަމެއްގައި، އަބަދުވެސް ތިބާގެ މައްސަލެއް ނޯންނަ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. މިއީ ތިބާއަށް ޤަބޫލުކުރެވޭ ގޮތްކަމުގައި ވުން އެކށީގެންވެއެވެ. ނަމެވެސް މިފަދަ އަމަލުތަކަކީ އެހެން މީހުން އެހާ ގަޔާވާ ކަންކަމެއް ނޫނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ތިބާގެ އަގު އެހެން މީހުންގެ ކުރިމަތީގައި ވެއްޓި، ތިބާއަކީ ތާކުން ތާކު ނުޖެހޭ މީހުން ފޫހިވާ މީހަކަށް ވެގެން ދެއެވެ. ކަމެއް ކިތަންމެ ގޯސްވީ ނަމަވެސް، އަދި ކިތަންމެ ބޮޑު، ގޯހެއް ހެދުނު ކަމުގައި ވީނަމަވެސް، އަމިއްލަޔަށް ކުރެވޭ ކަންކަމުގެ ޒިންމާ ނެގުމަކީ، އެމީހަކު ޒިންމާދާރު މީހެއްގެ ގޮތުގައި މީހުން ދެކި، ކަންކަން އިސްލާހުވެ، ހެދޭ ގޯސްތައް އިބުރަތަކަށް ބަލައި ކުރިޔަށް ދިޔުމަށް އެޅޭ ބާރަކަށް ވެގެން ދެއެވެ. މިއީ އަމިއްލަ ނަފުސަށް ވަރަށްބޮޑު ހިތްހަމަޖެހުމެއްވެސް ލިބިގެންދާނެ ކަމެއްގެ ގޮތުގައި ވެގެންދާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!