ޚަބަރު
އީދު ދުވަހު ހަވީރު އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ހަމަޖައްސައިފި

ކުރިޔަށް އޮތް އަޟްހާ އީދު ދުވަހު ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް މާލޭގެ މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ނުދުއްވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީދު ދުވަހު މި ގަޑި އަކީ ހިނގާފައި އުޅޭ ގަޑިއެއް ކަމުގައި އެކައުންސިލުގެ އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އަދި މިއުސޫލު ތަންފީޒު ކުރާނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި  ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިކަމާ ގުޅިގެން މިހާރު ޓްރެފިކް ޕޮލިހާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އީދު ދުވަހު ފައިމަގުގައި އުޅުމަށް ކަނޑައަޅާފައިވާ ވަގުތަކީ ރައްޔިތުންނާއި މަޝްވަރާ ކުރެވި އެންމެ ގިނަ ބަޔަކު ބޭނުންވާ ވަގުތު ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. އަދި ވެހިކަލް ދުއްވުން މަނާ ވަގުތު ކަނޑައެޅި ނަމަވެސް އެމަޖެންސީގައި ބޭނުންކުރާ ވެހިކަލްތަކާއި، އެމްބިއުލާންސް އަދި ސަލާމަތީ ހިދުމަތްތައް ފަދަ ކޮންމެހެން ދުއްވަން ޖެހޭ ވެހިކަލްތަށް ދުއްވޭނެއެވެ.

ސިޓީ ކައުންސިލުން ވަނީ ރައްޔިތުން ޢީދުގެ އެކިއެކި ކަންކަން ކުރިއަށް ގެންދާއިރުވެސް ކޯވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!