ކުޅިވަރު
ހަވަރު ޔޫތު ކަޕާއި އެކު ތިނަދޫ އަށް ފުޓްބޯޅައިގެ ބޮޑު ޢީދެއް!

ގދ.ތިނަދޫގައި މާދަމާ ހަވީރު ފަށާ ހަވަރު ފުޓްބޯޅަ މުބާރާތުގެ ސަބަބުން ތިނަދޫ ގައި ވަނީ ފުޓްބޯޅަައިގެ ރޫޙު ވަރަށް ވަރުގަދަވެ ތަފާތު ފޯރި އެއް އައިސްފައެވެ.

ތިނަދޫގައި ހިނގާ ޖަމްޢިއްޔާ އެއް ކަމުގައިވާ ހަވަރު ސްޕޯޓްސް އިން ފުޓްބޯޅަ މުބާރާތް އިޢުލާން ކުރުމާއި އެކު ފުރަތަމަ ވެސް ދިރުމެއް އައީ މީގެ ކުރިން ތިނަދޫ ގައި ފުޓްބޯޅަައިގައި އެންމެ ނަން ހިގި މަޝްހޫރު ޓީމު ތަކުގެ އަހުލު ވެރިންނަށެވެ. ހޭޔަންބޯ، ލަމަބާޑާ އަދި ހުއްޓޭކޮޑާ ފަދަ ޓީމުތަކައް ވަނީ ކުރިން ވެސް ހުރި އަވަށު ވަންތަ ޖޯޝާއި ފޯރީ އައިސް ފައެވެ. އެއާއި އެކު ޓީމު ތަކަށް ކުޅޭނެ ކުދިން ހޯދައި ކޯޗުންނާއި މެނޭޖަރުން ހޯދައި ކުރު މުއްދަތެއްގެ ތެރޭގައި ޓީމު އެކުލަވާލިއެވެ.

ތިނަދޫގެ ރަސްމީ ބޮޑު ދަނޑުގައި ފުޓްބޯޅަ ކުޅުން މުޅިން ހެން ވަޅުޖެހިފައި ވަނިކޮށް ހަވަރު ސްޕޯޓްސް ގެ ފަރާތުން އިސްނަގައިގެ ކޮންމެ އަހަރަކު ބާއްވާ މިމުބާރާތް މިވަނީ ބޮޑު ޢީދަކަށް ބަދަލުވެ ފޯރި ހިފާފައެވެ. މުބާރާތުގެ ފަރިތަކުރުން ތަކުން ތިނަދޫ ރަސްމީ ދަނޑު ފުރާލައި ފެނިގެން ދިޔަ މަންޒަރަކީ ޒުވާނުންނާ ރަށު ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވި ކަމެކެވެ. ފުޓްބޯޅައިފައި ރަސްކަން ކުރަމުން ދިޔަ ތިނަދޫ އަށް ލިބުނު އާ އަޒުމެކެވެ. އުންމީދުގެ ހިތްވަރެކެވެ.

ރަށުގެ އެކި ސަރަހައްދު ތަކުގައި ޓީމް ތަކުން ތަމްރީނު ހަދަމުން ދާއިރު، ކޮފީ މޭޒު ތަކުގައިވެސް ޓީމް ތަކުގެ އޮފިޝަލުންނާއި، ސަޕޯޓަރުން މަޝްވަރާކޮށް މުބާރާތުގެ ފޯރި ދައްކަމުން ދެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ވެސް ޓީމްތަކުގެ ފޮޓޯ ތައް ބަންޑުން ކުރަމުންދަނީ ނުހަނު ހިއްވަރާއި މުބާރާތުގެ ތަށި ނެގުމުގެ އަޒުމާއި އެކުއެވެ.

މާދަމާ ފަށާ މުބާރާތަށް ހަވަރު ސްޕޯޓްސް ފުރިހަމަ އަށް ތައްޔާރު

ކުޅިވަރާއި އިޖްތިމާޢީ ކަންކަމުގައި ވަރަށް ހަރަކާތްތެރި ޖަމްޢިއްޔާ އެއް ކަމަށްވާ ހަވަރު ސްޕޯޓްސް އަކީ އަބަދުވެސް އެމީހުން ކުރާ ކޮންމެ ކަމެއްގައި ވަރަށް ފުރިހަމަ އަށް ތައްޔާރު ވާ ބައެކެވެ. އެގޮތުން މިފަހަރު ގެ މުބާރާތަށް ވެސް ވަނީ ފުރިހަމައަށް ތައްޔާރު ވެފައެވެ. ޓީމުގެ ތަކަށް ދޭން ޖެހޭ ބޯޅަ އާއި ޖާޒީ ވަނީ ޙަވާލު ކޮށްފައެވެ. އިދާރީ ގޮތުންނާއި ޓެކްނިކަލް ކަންކަމުގައި ވަނީ ތައްޔާރު ވެފައެވެ. ސްޕޮންސަރ ތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިފަހަރުފެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީ އެވެ.

މާދަމާ ފެށުމަށް ތައްޔާރުވެފައިވާ އެމްޓީސީސީ ހަވަރު ޔޫތު ކަޕް 2021 ގައި ޖުމްލަ 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި މިމުބާރާތް ކުރިޔަށް ގެެންދަން ހަމަޖެހިފައިވަނީ މި ޑިސެމްބަރު 25 އިން 9 ޖެނުއަރީ 2022 އަށް ގދ.ތިނަދޫގެ ރަސްމީ ފުޓްބޯޅަ ދަނޑުގައިއެވެ.

މުބާރާތުގައި ބައިވެރިވި ޓީމްތައް:

 • ހުއްޓޭކޮޑާ : ގދ.ތިނަދޫ
 • ޑީއާރު އެފްސީ : ގދ.ތިނަދޫ
 • ހޯނޑެއްދޫ އެފްސީ : ގދ.ހޯނޑެއްދޫ
 • ލަމްބާޑާ : ގދ.ތިނަދޫ
 • މަޑަވެލި އެފްސީ : ގދ.މަޑަވެލި
 • ލޮތުބްރޮޮކް އެފްސީ : ގދ.ތިނަދޫ
 • ހޭޔަންބޯ އެފްސީ : ގދ.ތިނަދޫ
 • އައިލެންޑާސް އެފްސީ : ގއ.ދެއްވަދޫ

އެމްޓީސީސީ ހަވަރު ޔޫތު ކަޕް 2021 ގެ މެޗުތަށް ކުޅެން ހަމަޖެހިފައިވަނީ ގްރޫޕްސްޓޭޖަށެވެ. އެގޮތުން ދެ ގްރޫޕަކަށް ބަހާލައިގެން ގްރޫޕް ސްޓޭޖްގެ މެޗުތައް ކުޅުމަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެންމެ މަތީގައި އޮންނަ ދެ ޓީމް ސެމީފައިނަލް ކުޅޭ ގޮތަށެވެ. އަދި ސެމީ ފައިނަލް މެޗުގައި ކުޅޭނެ މެޗުތައް ކަނޑައަޅާނީ ގްރޫޕް ސްޓޭޖުން ސެމީއަށް ދާ ޓީމްތަކުގެ މެދުގައި ގުރުއަތުލުމަށް ފަހުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ހަވަރު ސްޕޯޓްސް ގެ ހަބަރުތައް ގެނެސް ހިންގާލަން ރަޖިސްޓްރީ ނުކޮށް އޮއި ބޮޓު ނޫހެއް މިވަނީ ހޯދާފަ ދޯ.

  • އަސްލު ބޮޓު

   ބޮޓު ނޫހުން ޖަހާފައިން ހަބަރަކަށް އަސްލު ބޮޓު ކިޔާ ސޮރަށް ހާދަ ވަރެއް ވެފަ..

   • މުގުނީ ދެކެ ކިތަންމެ ރުޅިއަޔަސް ޖެހޭނީ ހަމަ ހަވަރުސްޕޯޓްސްގެ ހަބަރުތައް ލިޔަން
    ދެން ލަލަލަ