ޚަބަރު
ޓޭޑްގެ ދެވަނަ ދައުރުގެ ހިންގާ ކޮމެޓީ އިންތިހާބުކޮށްފި

ތިނަދޫ އެސޯސިއޭޝަން ފޮރ ޔޫތު ޑިވޮލޮޕްމަންޓް އެންޑް އެމްޕަވަރމަންޓް (ޓޭޑް) ގެ ދެވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފިއެވެ.

ޓޭޑްގެ ދެވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފައިވަނީ، އިއްޔެ ތިނަދޫގައި ހިންގާ ސޮލެއިލް ކެފޭގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އަލަށް އެކުލަވާލި ހިންޤާކޮމެޓީގެ މަޤާމްތަކަށް ހޮވިފައިވާ މެންބަރުންނަކީ:

ރައީސް – އިނާޒު މުހައްމަދު
ނައިބްރައީސް 1 – އަހުމަދު ޝިޔާޛު ނައީމް
ނައިބް ރައިސް 2- ހަސަން ވަހީދު
ޖެނެރަލް ސެކްރެޓަރީ- ނަޛީލު އަހުމަދު
ސެކްރެޓަރީ – މުހައްމަދު އަރުޝަދު
ހަޒާންދާރު – މުހައްމަދު ނިޔާޒު
އާންމު މެންބަރ 1 – އަހުމަދު މައުޝަމް މުހައްމަދު
އާންމު މެންބަރު 2 – އިސްމާއިލް ފާރިހް

ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމެންޓް އެންޑް އެމްޕަވަރމެންޓް (ޓޭޑް) އަކީ 15 އޮކްޓޫބަރ 2019 ގައި ރެޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއެކެވެ. މިއީ ގދ. ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ތިނަދޫގައި އިޖުތިމާއީ ކަންތައްތައް ރާވައިހިންގުމާއި ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒުވާނުންގެ ކުރިމަގަށް ކުރެވެންހުރި މަސައްކަތްކޮށް ޒުވާނުންނަކީ މުޖުތަމައުގައި ބޭނުންތެރިބަޔަކަށްހަދައި ބާރުވެރިކުރުމެވެ.

ޓޭޑް ޖަމްޢިއްޔާގެ މަޤްސަދު

މިޖަމްޢިއްޔާގެ މަޤްސަދަކީ ތިނަދޫގައި އިޖުތިމާއީ ކަންތައްތައް ރާވައި، ހިންގުމާއި ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒުވާނުންގެ ކުރިމަގަށް ކުރެވެންހުރި މަސައްކަތްކޮށް ޒުވާނުންނަކީ މުޖުތަމައުގައި ބޭނުންތެރިބަޔަކަށްހަދައި ބާރުވެރިކުރުމެވެ. ޚާއްސަކޮށް ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގައި، ޒުވާނުންގެ ކުރިއެރުމަށް ފަހިފުރުސަތުތަކެއް ހޯދައިދީ ޤައުމީ ފެންވަރެއްގައި ފަޚުރުވެރިވާނެ ފަދަ ދަރިންތަކެއް ތިނަދޫއިން އުފެއްދުމެވެ.

ޓޭޑް ޖަމްޢިއްޔާއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް

 • ތިނަދޫގެ އުތުރުފަރާތުގެ ގޮޑުދޮށް ސާފުކުރުން.
 • ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބޭނުން ކުރުމަށް ބެންޗްތަކެއް ތައްޔާރުކޮށްދިނުން.
 • ތިނަދޫގެ ސްވިމިންގ ޓްރެކް މަރާމާތުކޮށް ބޭނުންކުރެވޭ ހާލަތަށް ގެނެސްދިނުން
 • ކޮވިޑް-19 އާއި ގުޅިގެން ތިނަދޫގެ މިސްކިތްތަކަށް އަތްދޮންނަ ސާބޯނި ހަދިޔާކުރުން
 • ތިނަދޫގެ ޒުވާނުންގެ މެދުގައި ފޭން ބޭސް ފުޓްސަލް މުބާރާތެއް ބޭއްވުން.
 • ތިިނަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން “ޕްރިންޓެކް ޕީއެސް4 ” ނަމުގައި ޕީއެސް މުބާރާތެއް ބޭއްވުން.
 • ތިނަދޫގެ ޒުވާނުންނާއި އޮފިސްތަކުގެ މުވައްޒަފުންނަށް “ފައްލަވެރި 2021” ނަމުގައި ޕްޒެޓިވް
 • ތިންކިންގ ފްޒެޓިވް އެޓިޓިއުޓް އެންޑް ޑިޝިޝަންޓޭކިންގެ ޓްރެއިންގް ހިންގުނުން
 • 2021ވަނަ އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގެ ޖަމްީއްޔާ ޖަމާއަތްތަކާއި ކައުންސިލާ ގުޅިގެން ތަފާތު އެކި ހަރަކާތްތަކެއް ހިންގުން.

2020 ވަނަ އަހަރުގައި މިނިސްޓްރީއޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށް ހުޅުވާލި ގްރާންޓް ޕްރޮގްރާމްއަށް އެޖަމްޢިއްޔާއިން ހުށަހެޅި ޕްރޮޕޯސަލް ވަނީ ކާމިޔާބުވެފައިވެއެވެ.

އެގޮތުން 2021 އޮގަސްޓް މަހުގައި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުންވަނީ ރަސްމީކޮށް ޕްރޮޖެކްޓް އެޖަމްޢިއްޔާއާއި ހަވާލުކުރައްވާފައެވެ. މިގޮތުން އެޖަމްޢިއްޔާގެ ފަރާތުން ހުށަހެޅި ތިނަދޫގައި ބާބެކިއު އޭރިއާއެއް ތަރައްޤީކުރުމަށް ކައުންސިލުން ބިމެއް ކަނޑައަޅައި އެމްއޯޔޫގައި މިހާރު ވަނީ ސޮއިކޮށްފައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ޓޭޑްގެ ނައިބް ރައީސް އަހުމަދު ޝިޔާޛު ނައީމް ވިދާޅުވީ، ބާބެކިއު އޭރިއާ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެއްޓުމަށްޓަކައި ބޭނުންވާ ސާމާނުތައް ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށާއި މިފެށޭ ޖަނަވަރީ މަހުގެ ތެރޭގައި މަސައްކަތް ފަށާނެކަމުގައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!