ޚަބަރު
ތިނަދޫއަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ފިލައިފި

ގދ.ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ނެތިގެން އެހޮސްޕިޓަލަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ފިލައިފިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ސައީދު ވިދާޅުވީ ގއ.ވިލިނގިލީ ހޮސްޕިޓަލުން ތިނަދޫ ހޮސްޕިޓަލަށް ގެނައި ކުޑަކުދިންގެ ޑޮކްޓަރު ވީނުވީއެއް ނޭގި ފިލާފައިވާ ކަމަށާއި އަންނަ ޖެނުއަރީމަހު އެހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކްޓަރެއް ލިބޭނެ ކަމަށެވެ.

ހޮސްޕިޓަލުން މައުލޫމާތުދިން ގޮތުގައި މީގެ ދެދުވަސްކުރިން ގއ.ވިލިނގިލީގައި ހުރި ކުޑަކުދިންގެ ދެޑޮކްޓަރުންގެ ތެރެއިން އެއް ޑޮކްޓަރަކު ތިނަދޫއަށް އައިކަން ހޮސްޕިޓަލަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް ޑިއުޓީއަށް ނުކުންނަން ގުޅުމުން އެޑޮކްޓަރުގެ ޚަބަރެއް ނުވިކަމަށެވެ. އަދި މިހާރު އެޑޮކްޓަރު ރާއްޖެއިން ފުރައިގެން ބަންގްލަދޭޝްއަށް ދިޔަކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

އެހެންކަމުން މިހާރު އެމަޖެންސީއެއް ދިމާވާ ކޮންމެ ފަހަރަކު ގއ.ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ޑޮކްޓަރ ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލަށް ގެންނަނީއެވެ.

މިހާރު ޤަވައިދުގައި އޮންނަ ގޮތުން ޑޮކްޓަރުންގެ ޕާސްޕޯޓް އޮންނަނީ އެމީހުންގެ އަތުގައެވެ. އެހެންކަމުން ބޭނުން ވަގުތަކު ފުރައިގެން ދިޔުމުގެ ފުރުސަތު އޮވެއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ދަތިކަމަކީ އަބަދުވެސް ދިމާވާ މައްސަލައެކެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ހަލީނާ

  މީގެ 2 ދުވަސްކުރިންތަ ވިލިނގިލީ ގަ ހުރި ކުޑަކުދިންގެ ޑޮކްޓަރ ތިނަދޫ ހޮސްޕިޓަލަށް ދިޔައީ ؟
  މެނޭޖްމެންޓް އޮތީ ނިދިފަ ތަ ؟
  ނޮވެމްބަރ 14 ވަނަދުވަހު ޑޮކްޓަރ ވަނީ ތިކޮޅަށް ޖޮއިން ކޮއްފަ
  ޑޮކްޓަރ ތިކޮޅަށް ފޮނުވި އިރުވެސް ޑޮކްޓަރ ވަނީ ލީވް އަށް ދާން ނިންމާފަ
  ޑޮކްޓަރ ވަނީ ނޮވެމްބަރ 14 އިން ޑިސެމްބަރ 19 އަށް ތިނަދޫ ހޮސްޕިޓަލް ގައި ޚިދުމަތް ކޮށްފަ

 2. އާމިނަތު

  ޑޮކްޓަރ ފީލައިފިއޭ ބުނާއިރު ޑޮކްޓަރ އަށް ފެއާ ވެލް ޕާޓީއެއްބާއްވާ ކޭކު ފެޅީ ތިނަދޫ ހޮސްޕިޓަލްގައި ތިބި ޖިންނިންތަކެއްތަ ؟ މެނެޖްމަންޓަށް ނޭގުނީ
  އެއްމަހަށްވުރެ ގިނަދުވަހު ތިނަދޫގައި މަސައްކަތް ކޮއްފަ ލީވް އަށް ދިޔައިމަ ބުނީ ފިލައިފިޔޭ ކިހާ ރީތި

  މުޅި ރާއްޖެގެ އެންމެންނަށް އޮޅުވާލީ

  • Varah fakkaa. Saabas aiminath.

  • ނަން ނުބުނާނަން

   ހޮސްޕިޓަލް މެނޭޖަރު ތީ ހާދަ ދޮގު ހަދާ މީހެކޭ.. ތިވަރުގެ މީހަކު އެފަދަ މަގާމަކަށް ކުފޫ ހަމަ ނުވޭ.. ތިނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އިސްތިއުފާ ދޭންޖެހޭނެ ތިވަރުގެ ބޮޑު ދޮގެއް ހެދީތީ…

   • ނަންނޭގޭ

    ޕާާޓީކުދިންނަށް މަޤާމްތައް ދޭއިރަކުނުބަލާނެ އެއީ ކަމަށްޤާބިލް މީހެއްތޯ ނުކިޔަވާ ތިބޭ ގަމާރުންނަށްވެސް ބޮޑެތި މަޤާމްތަށްދެވޭތޯބަލާ

    • ނަން ނުބުނާނަން ރިޓާންސް

     ޑިއަރ ނަންނޭނގޭ، ބަލަ ތިޔަހެން ތިބުނީ މަ ކުރާނެ ކަމެއްތަ އޭނައަށް ވަޒީފާ ދިނީ.. މަކީއްކުރަން އޭނަ އަށް ވަޒީފާދޭން ޖެހޭނީވެސް.. ތިޔަހެން ގޮސް ވަޒީފާ ދިން މީހަކާ ދިމާލަށް ގޮވާބަލަ.. އޭނަ މި ކޮމެންޓްތައް ކިޔާނެ ކަމެއްވެސް އެނގެނީކީ ނޫން ވިއްޔަ!

  • ފެއަރވެލް ޕާޓީ

   ކާން ލިބުނީމަ ދޯ ތި އުޅެނީ.. ކޮންމެހެން ޑޮކްޓަރު ފިލައިފިޔޭ ބަޔަކު ބުނެގެން އުޅޭތީއެއް ނޫން.. ފަކީރު ކޮއެ އެވަރަށް ޚިދުމަތް ކޮށްދީފަ ދިޔައީމަވެސް ތިހުރީ ހޮސްޕިޓަލްގެ މެނޭޖަރު ހަދާލި ގޮތް.. ދެން ތިވަރުން ތި ހޮސްޕިޓަލަށް އެއްވެސް ޑޮކްޓަރަކު އަންނަން ބޭނުންވާނެތަ ވަކި.. ތި ސައީދު އަބަދުވެސް ވަރަށް ކަންކަމުގަ ފަރުވާކުޑަ މީހެއް.. ތި ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް. ފާހާނަތަކަށް ބަޔަކަށް ވަދެވޭ ވަރެއް ނުވޭ.. ސާފުތާހިރު ކަމަށް ބަލަން ޖެހޭ މިންގަނޑަށް ބެލިފައެއް ނުހުރޭ.. މިހެން ގޮސް ބޮޑު ލިސްޓެއް ތިތަނުގަ ހުންނަ ކަންތައް ފާހަގަ ކޮށްލެވޭނެ… ސައީދު މަށާ ދިމާކޮށްލީމަ ކިޔައިދޭނަން މައްސަލަތައް..

 3. Thinadhoo

  I think your admin must be very bad .otherwise there are many places and doctors working around. Hardly we hear news from that places.

  • Abdhulla

   Thithanuge staffun ves e doctor ragalhu vegen ulhuny.. doctor ge haggeh leave ah dhiumaky.. lommehen meehun haalu kuran ulheyne kameh neiy.. fukeh bodu varu thee doctor aa jassaaliyas

 4. le doctre

  🥰🥰 I’m so proud of that doctor fr