ޚަބަރު
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ގެ ހަގީގީ ފައިދާ އަންނަން އޮތް ޖީލު ތަކަށް ލިބެން ޖެހޭ – ފިރުޝާން

ގދ މަޑަވެލި ހޯނޑެއްދޫ ގުޅާލުމަށް ސަރުކާރުން އަޅަން ނިންމާފައިވާ އައު ކޯޒްވޭގެ ސަބަބުން ދެރަށުގެ ރައްޔިތުންނަށް ހަމަހަމަ އުސޫލަކުން ކޯޒްވޭގެ ފައިދާ ލިބޭނެ މަގުފަހިވެފައި އޮތުމަކީ އަންނަން އޮތް ޖީލުތަކަށް އޭގެ ފޮނިމީރުކަން ލިއްބައިދޭނެ ކަމެއް ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އެރަށާއި ކައިރީގައި ތިބި ފަޅުރަށްތަކާ ގުޅުވާލައި ކުރަހާފައިވާ ކުރެހުމެއް ހިއްސާކޮށް ފިރުޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުން 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަލުން މަަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ ހެދުމަށް ވަނީ ނިންމާފައިވާކަމަށާއި، އޭނާ ދެކޭގޮތުގައި އެފަދަ ބޮޑު އިންވެސްޓްމަންޓަކުން ދެރަށުގެ ރައްޔިތުންނަށް ސީދާ އަދި ނުސީދާ ފައިދާތަކެއް ލިބެން ޖެހޭނެ ކަމަށެވެ.

އަދި ކޯޒްވޭގެ ސަބަބުން މިހާރުވެސް އޮތް އިޤްތިސާދީ ގުޅުން އޮންނާނެ ކަމަށާއި، ދެރަށުގެ ވިޔަފާރި މޫވްމަންޓް އޮންނާނެ ކަމަށެވެ. އޭގެ އިތުރުން ދެރަށުގެ ރައްޔިތުން އެއްރަށުން އަނެއްރަށަށް ގޮސް ކުރަންޖެހޭ ކަންކަން ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.

ނަމަވެސް އައު ކޯޒްވޭއިން އިތުރު ފުރުސަތުތައް ހުޅުވެން ޖެހޭ ކަމަށާއި، އޮގޮތުން ކޯޒްވޭ މިހާރު އޮތްގޮތް ބަދަލުކޮށް، ދެރަށް ދޭތެރޭ ކައިރީގަ ހުރި ފަޅުރަށްތަކާއި ގުޅާލެވެން ޖެހޭ ކަމަށްވެސް ފިރުޝާން ވިދާޅުވިއެވެ.
“މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭއިން ގުޅާލެވޭ ރަށްތަކުގެ ބިމާއި ފަޅުން ނަފާ ހޯދޭނެ މަގު ފަހިވާން ޖެހޭ. ހަމައެއާއިއެކި ވިޔަފާރި ކުރަން ބޭނުން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު ހުޅުވެން ޖެހޭނެ. އަދި ސީދާގޮތެއްގައި ރައްޔިތުންނަށް އާމްދަނީލިބޭނެ މަގު ފަހިވެފައި އޮންނަންވާނެ. އަޅުގަނޑު އެދޭގޮތަކީ މިއީ. – ފިރުޝާން ވިދާޅުވިއެވެ.
މި ޕްލޭންގެ ސަބަބުން ދެރަށުގެ އިގްތިސާދަށް އެތަކެއް ކުރިއެރުމެއް ލިބި، ސީދާ ގޮތެއްގައި ރައްޔިތު މީހާއަށް އެތަކެއް ފުރުސަތެއް ލިބި ނަފާ އާއި މަންފާ ހޯދޭނެ މަގު ފަހިވެގެން ދާނެ ކަމަށާއި، މީގެ އިތުރުން އިޖްތިމާއި ގުޅުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން ދުޅަހެޔޮ މުޖުތަމައު އެެއް ބިނާކުރުމަށް ދެރަށަށްވެސް ފަހި ފުރުސަތުތަކެއް އޮންނަންވާނެ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
ގދ. ހާދޫ އަޅުގަނޑު ކުރިން ރައީސުލް ޖުމްހޫރިއްޔާ އަރިހުން އެދިފައިވާ ގޮތަށް، މަޑަވެލި އިޙްތިސާސްއަށް ލެވި، މަޑަވެލި ރައްޔިތުންނަށާއި ކައުންސިލަށް އެތަނުގެ ފައިދާއާއި އާމްދަނީ ލިބެން ޖެހޭނެ. އަދި ހަމަ އެގޮތަށް ގދ. ކަންނިގިލާއާއި ހޯނޑެއްދޫ ގުޅާލެވި ހޯނޑެއްދޫގެ ރައްޔިތުންނަށާއި ކައުންސިލަށް އެތަނުގެ ފައިދާއާއި އާމްދަނީ ލިބެންޖެހޭ. – ފިރުޝާން ވިދާޅުވިއެވެ.
ފިރުޝާން އިތުރަށް ވިދާޅުވީ، ދައުލަތުން ކޯޒްވޭއަށް ޚަރަދުކުރާ 80 މިލިޔަން ރުފިޔާގެ ސަބަބުން ދިގުމުއްދަތެއްގައި އޭގެ އެތައް ގުނަ ފައިދާ އެހެނިހެން ގޮތްގޮތަށް ހޯދުމުގެ ފުރުސަތު ދެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށާއި، އަސްލު ކޯޒްވޭ މަޝްރޫޢުގެ ހަގީގީ ފައިދާ ދެރަށުގެ ރައްޔިތުންނަށޤ ލިބޭނެ މަގުފަހިވެފައި އޮތުމަކީ ޖީލުތަކަށް އޭގެ ފޮނިމީރުކަން ލިއްބައިދޭނެ ކަމެއް ކަމަށެވެ.
ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!