ޚަބަރު
އަނދަމުންދިޔަ އިމާރާތެއްގެ މަތިން ދަރިފުޅު އެއްލާލައި ފުރާނަ ސަލާމަތްކޮށްދީފި

އަލިފާން ރޯވެ އަނދަމުންދިޔަ އުސްއިމާރާތެއްގެ މަތިން، މަންމަޔަކު ކުޑައަންހެންކުއްޖަކު އެއްލާލައި ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްފިއެވެ.

ސައުތު އެފްރިކާގެ ދުރުބާން ސިޓީގައި ހިގައިދިޔަ ހަމަނުޖެހުންތަކެއްގައި، އުސް އިމާރާތެއްގެ ތިރީގައި ހުރި ފިހާރައެއް ފަޅާލައި، އެފިހާރަ މުޒާހަރާކުރަމުންދިޔަ ބަޔަކު ވަނީ ރޯކޮށްފައެވެ. މިއިމާރާތަކީ އާންމުން ދިރިއުޅެމުން އަންނަ އިމާރާތެއްކަމުން އިމާރާތުގައި އަލިފާން ރޯވުމާއެކު، އެއިމާރާތުގައި ދިރިއުޅެމުން އައި ގިނަ ބަޔަކު ވަނީ ހުރިހާ ތަކެއްޗެއް ދޫކޮށް އިމާރާތުން ފައިބައިފައެވެ.

ޓްވިޓާގައި ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަގޮތުން، އަލިފާން ރޯވެ އަނދަމުން ދިޔަ އުސް އިމާރާތަކުން ކުޑަ އަންހެންކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަގުމަތީގައި ތިބި މީހުންނަށް ގޮވައި، ދަރިފުޅު ވައްޓާލާ މަންޒަރު ފެނެއެވެ. ވީޑިއޯއިން ފެންނަ ނަލެދީ ނަމަކަށް ކިޔާ އަންހެން މީހާއަށް ހަވާލާދީ ރޮއިޓާރސް އިން މަޢުލޫމާތު ދީފައިވާގޮތުން، އިމާރާތުގައި އަލިފާން ރޯވިކަން އެނގުނުއިރު، އޭނާ ހުރީ އެއިމާރާތުގެ 16 ވަނަ ފަންގި ފިލާގައެވެ. އަދި އަލިފާނުން ސަލާމަތްވުމަށް އަންހެން ދަރިފުޅާއެކު، ސިޑިން ތިރިއަށް އައުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެންމެ ތިރީ ބައިގައި އަލިފާން ވަރަށްބޮޑަށް ފެތުރިފައިވުމުން، ފުރަތަމަ ބުރީގައި ހުރި ލޯންޖެއްގެ ފުރާޅުމަތިން، ނުކުތުމަށްފަހު ފުރަތަމަވެސް މަސައްކަތް ކުރެވުނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވޭތޯއެވެ. މިގޮތުން މަގުމަތީގައި ތިބިމީހުންނަށް ގޮވައި ދަރިފުޅުގެ ފުރާނަ ސަލާމަތްކުރުމަށް ދަރިފުޅު އެއްލާލީއެވެ.

ނަސީބުކަން ދިމާކުރިގޮތުން، އެއްވެސް ގެއްލުމެއް ނުލިބި، މަގުމަތީގައި ތިބި ބަޔަކު ވަނީ ކުޑަދަރިފުޅު ސަލާމަތްކޮށްފައެވެ. އަދި އެއަށްފަހު ނަލެދީވެސް ވަނީ ފުރަތަމަ ފަންގިފިލާއިން މީހުންގެ އެހީތެރިކަމާއެކު މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތް ވެފައެވެ.

ސޯޝަލް މީޑިޔާގައި މިވީޑިޔޯ ވައިރަލް ވެފައިވާއިރު، 2 ލައްކައަށްވުރެ ގިނަ ބަޔަކު ވަނީ މިވިޑިޔޯ ބަލާފައެވެ. މިމަންމަގެ ހިތްވަރު ގަދަކަން ފާހަގަކޮށް ގިނަ ބަޔެއްގެ ތަޢުރީފު މިމަންމައަށް އަންނަނީ އޮހެމުންނުވެ.

ސައިކޮލޮޖިކަލް ތިޔަރީތައް ބުނާގޮތުން، މިފަދަ ނުރައްކާތެރި ހާލަތުގައި ގިނަމީހުން، ކަންބޮޑުވެ، ހަނދާނެ ގޮތް ހުސްވެ، އަމިއްލަ ފުރާނެ ސަލާމަތްކުރުމަށް ގިނަމީހުން މަސައްކަތް ކުރެއެވެ. ނަމަވެސް މިހާލަތުގައި މިމަންމަ، އަމިއްލަ ފުރާނަޔަށްވުރެ އިސްކަންދީފައިވަނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!