ޚަބަރު
ރަނގަޅަށް ކާން ނުލިބޭތާ 4 ދުވަސް ވެއްޖެ: މަސްދޯނީގެ ކައްޕި

ހުޅުމާލޭ ފަޅުގައި އޮތް ލަންކާގެ މަސްދޯންޏެއްގައި ހުރި މީހަކު ބަނޑަށް ޖެހި ހާލުގައި ޖެހިއްޖެއެވެ.

“މިހިސިލު ބޯޓު” ސްރީލަންކާގެ ގޯލްއިން މަހަށް ނުކުތީ މިދިޔަ ސެޕްޓެމްބަރ މަހުގައެވެ. މަސްބާނަމުން ދަނިކޮށް ދޯނިން ތެޔޮ ހުސްވެގެން ދޯނި އޮޔާދިޔައީއެވެ. އެދުވަސްކޮޅު މޫސުން ގޯސްވުމާއި ގުޅިގެން ތޫފާނުގައި ޖެހި ބޯޓު އޮޔާދިޔައީއެވެ. ބޯޓުގެ ކައްޕި ސަންޖީވަ ބުނާ ގޮތުން ލަންކާގެ ބޯޑަރުތެރެއިން އެމީހުންނަށް ނުކުމެގެން ދެވުނުއިރުވެސް ކޯސްޓްގާޑަށް ގުޅޭ ގޮތެއް ނުވީއެވެ.

ހަފްތާއެއް ވަންދެން އޮޔާދިޔަ މަސްދޯނި ރާއްޖޭގެ ބޯޑަރު ސަރަހައްދަން ވަނުމުން ދިވެހި ސިފައިން ވަނީ އެބޯޓު ހިފަހައްޓާފައެވެ. އަދި ބޯޓު ގެނެސް ހުޅުމާލޭ ފަޅަށް ވެއްދިއެވެ. ހުޅުމާލޭ ފަޅުގައި އޮންނަތާ ހަތަރު ދުވަސްތެރޭ ހުރިހާ ކާއެއްޗެއް ހުސްވެ އަތުގައި ހުރި ފައިސާވެސް ހުސްވީ ކަމަށް ކައްޕި މީޑިޔާއަށް މައުލޫމާތު ދިނެވެ.

ކައްޕި ބުނާގޮތުން އެމީހުންނަށް ކާއެތިކޮޅު ދެނީވެސް އެހިސާބުގައި އުޅޭ ދިވެހިންނެވެ. އެހެންނަމަވެސް ރަނގަޅަށް ނުކެވޭތާ މިހާރު ހަތަރު ދުވަސް ވެއްޖެ ކަމަށް ކައްޕި ވަނީ މައުލޫމާތުދީފައެވެ.

ލަންކާގައި ތިބި އާއިލާގެ ހާލު ބަލާލަން ގުޅަނީ ބޯޓު ކައިރިޔަށް އަންނަ ލަންކާ މީހުންގެ ފޯނުން ގުޅައިގެންނެވެ.

ބޯޓުގެ ވެރިފަރާތުން ހަތަރު ފަޅުވެރިޔަކު އަނބުރާ ލަންކާއަށް ފޮނުވިއިރު ދެފަޅުވެރިން އާއިލާއިން ޓިކެޓް ދީގެން ލަންކާ އަށް ފުރައިގެން ދިޔައީއެވެ. ބޯޓުގެ ކައްޕި އެކަނިވެ ހާލުގައި ޖެހުނީއެވެ. ކައްޕިއަށް އަނބުރާ ރަށަށް ދެވެން އޮތީ ދިވެހި ދައުލަތަށް 4 ލައްކަ ދިވެހި ރުފިޔާ ދެއްކުމުންނެވެ.

ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ އުޅަދުތަކަށް ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާ ކަމަށާއި ނަމަވެސް އެހެން ހިފެހެއްޓޭ ބޯޓުތަކުގެ މައްސަލަ ވީހާވެސް އަވަހަކަށް ނިންމަވައިދެއްވުމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ގޮވާލެއްވިއެވެ.

މީގެ އިތުރުން އެގޮތަށް ހިފެހެއްޓޭ ބޯޓުތަކުގެ ފަޅުވެރިން ރަށުތެރެޔަށް ނުކުމެ އުޅޭ ކަމަށާއި އޭގެ ސަބަބުން ނުކުމެދާނެ ނަތީޖާއަކަށް ވިސްނަން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވަނީ ވިދާޅުވެފައެވެ.

މެރިޓައިމް އޮތޯރިޓީއެއް ޤާއިމުކޮށް ރާއްޖޭގެ އިޤްތިސާދީ ސަރަހައްދަށް ނިކުންނަ އުޅަދުފަހަރުތައް ބެލެހެއްޓުމަށް މަޖިލީހުން ވަނީ ސަރުކާރަށް ލަފާ އަރުވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!