ޚަބަރު
ސިޓީ ކައުންސިލްގެ އެންގުމާ ޚިލާފަށް ވިނަގަނޑުމަތީ އެއްޗެހި ބެހެއްޓި މައްސަލަ ކުށްވެރިކުރަން: މޭޔަރ

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެއްބައިވަންތަކަމުގެ ޖަލްސާއަށް ތައްޔާރީތައް ވުމުގައި ވިނަގަނޑުމަތީގައި އެއްޗެހި ބެހެއްޓި މައްސަލަ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިޓީ ކައުންސިލްގެ އެންގުމާއި ޚިލާފަށް ވިނަގަނޑުމަތީގައި އެއްޗެހިތައް ބަހައްޓާ މަސައްކަތް ކުރަމުންދާތީ ވިނަގަނޑަށް އޭގެ ގެއްލުން ލިބޭނެ ކަމަށާއި ހޯމް މިނިސްޓްރީން އެއްބަސްވުމާއި ޚިލާފަށް އަމަލުކޮށްފައިވާތީ އެކަން ކުއްވެރިކުރާ ކަމަށެވެ.

ޖުމްހޫރީ މައިދާނަކީ މާލޭގެ މަލަމަތި ދައްކުވައިދޭ ތަނަކަށްވާތީ އެތަނުގެ އާބާތުރަ ފިލުވާ އެތަން ޒީނަތްތެރި ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ވިނަތައް ހެއްދުމަށްޓަކައި ސިޓީ ކައުންސިލުން ބޮޑު ޚަރަދެއް ކޮށްގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންގެންދާ ކަމަށް މުއިއްޒު ފާހަނގަކުރެއްވިއެވެ. އަދި ވިނަގަނޑު ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް 3 ހަފްތާވަންދެން އެ ވިނަގަނޑުގެ ބޭނުންނުކުރުމަށާއި، ވިނަގަނޑު ހެދެން އަދި ވަގުތު ބޭނުންވާނެ ކަމަށް މާލެ ސިޓީކައުންސިލްގެ ފަރާތުން ހޯމްމިނިސްޓްރީ އާއި އެކު ކުރެވުނު މަޝްވަރާތަކުގައި ވަނީ ހިއްސާކުރެވިފައެވެ.

މާލެ ސިތީ ކައުންސިލުން ހާމަކުރިގޮތުގައި މިޖަލްސާ ބޭއްވުމަށް ޖުމްހޫރީ މައިދާނުގައި ޓެންޓްފަދަ ތަކެތި ބެހެއްޓުމަށް، ވިނަގަނޑުގެ ބޭނުންކުރުމަށް ހޯމްމިނިސްޓްރީގެ ފަރާތުން، ކައުންސިލްގެ ހުއްދަ އަށް އެދި ސިޓީއެއް ފޮނުވުމާއި އެކު ކައުންސިލްގެ ފަރާތުން ވަނީ ވިނަގަނޑު ހަލާކުވާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދި ލިޔުމުން އަންގާފައެވެ.

މީގެއިތުރުން މިކަމާއި ގުޅިގެން ބޭއްވުނު ބައްދަލުވުންތަކުގައިވެސް ވިނަގަނޑަށް ގެއްލުން ލިބޭފަދަ ކަމެއް ނުކުރާން ހޯމް މިނިސްޓްރީން ވަނީ އެއްބަސްވެފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!