ޚަބަރު
އޭސީސީގެ މެންބަރުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފި

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. މިގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

އޭސީސީގައި މިހާރު ތިއްބެވި ތިން މެންބަރުން ވަކިކުރުމަށް ކޮމިޓީން ފާސްކޮށްފައިވާއިރު، އެ ތިން މެންބަރުންނަކީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ އެވެ. އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށް އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފްއެވެ.

އޭސީސީގެ މެންބަރުން  ވަކިކުރުމަށް ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓިގެ ގިނަ މެންބަރުން ވަނީ އޭސީސީއަށް ޖަވާބު ދާރީވުމަށް ދިން ފަސް ދުވަހުގެ މުހުލަތު ހަމަވިފަހުން ކޮމިޓީއަށް ޖަވާބުދާރީވެފައިވާކަމަށެވެ. އަދި އޭސީސީގެ މެންބަރުން ކޮމިޓީއަށް ފޮނުއްވާފައިވާ ޖަވާބުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ މީގެ ކުރިންވެސް ކޮމިޓީއާއި ހިއްސާކޮށްފައިވުމުން، އެ މައްސަލަތަކަށް ގިނަ ހައްލުތަކެއް ހޯދައިދީފައިވާކަންކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

މިގޮތުން އޭސީސީއަށް އޮތް މުވައްޒަފުންގެ ދަތިތަކާއި، ބަޖެޓްގެ ދަތިކަމާއި، ޕީޖީއާއި މެދު އޮތް ނުތަނަވަސްކަމުގެ ވާހަކަތައް މެންބަރުން ފާހަގަކުރެއްވިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ހުށައެޅުއްވި ހުށައެޅުމަށް ތާޢީދުކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަލީމްއެވެ. އަދި އެގޮތަށް ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެންބަރުންގެ ތެރެއިން 5 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ކޮމިޓީގެ މެންބަރުން ވިދާޅުވީ އޭސީސީއަށް އައު މެންބަރުން ލެއްވިތާ 2 އަހަރާއި ބައި ފާއިތުވެގެން ދިޔައިރު ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށެވެ. އެގޮތުން 9 ފަހަރެއްގެ މަތިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމުން، އެ ކޮމިޝަންގެ މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތުތަކާއި މައްސަލަތައް ކޮމިޓީއާއި ހިއްސާކުރި ނަމަވެސް ކޮމިޓީން އެ މައްސަލަތައް ނިންމަންދިން މުއްދަތުގައިވެސް އެކަށީގެންވާ ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައިނުވާ ކަމަށް ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމަށް ކޮމިޓީން ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި ތަޅުމުން މި މައްސަލައަށް ގޮތެއް ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ވަނީ ކަނޑައަޅަފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!