ޚަބަރު
މަޑަވެލި-ހޯޑެއްދޫ އިހުތިސާސްގައި ހިމެނޭ ހާދޫ މަޑަވެލީގެ ބަޔަކަށް ހެދުމަށް އެދިލައްވައިފި

ގދ.މަޑަވެއްޔާއި ހޯޑެއްދޫގެ ދެމެދުގައިވާ ފަޅުރަށް ކަމަށްވާ ހާދޫ މަޑަވެލީގެ އިހުތިސާސްގެ ތެރެޔަށް ގެނައުމަށް މަޑަވެލީ ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ރައީސް އޮފީހުގައި އެދިލައްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ފިރުޝާން ފޮނުއްވި ސިޓީ ފުޅުގައި ވިދާޅުވެފައިވަނީ މަޑަވެއްޔަކީ ބިމުގެ ޖާގައިގެ ދަތިކަން ހުރި ރަށެއް ކަމުން ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން ހާދޫ އާއި މަޑަވެލި ގުޅާލައިފިނަމަ އޭގެ މަންފާ މަޑަވެލީ ކައުންސިލަށް ލިބިގެންދާނެ ކަމަށެވެ.

ފިރުޝާން ފާހަގަކުރެއްވި ގޮތުގައި ރަށުގައި ތިބެގެން އާމްދަނީ ހޯދުމަށް ކުރެވޭ މަސައްކަތްތައް މަދުވުމުން ކައުންސިލަށް އާމްދަނީ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން ހާދޫ އަކީ މަޑަވެލީގެ ބަޔަކަށް ހެދުމުން އެރަށުގައި ސިނާއީ ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ފިރުޝާންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ދަނޑުވެރިކަން، މަސް ކެއްކުމާއި ހިއްކުމުގެ އިތުރުން ހުއިފިލަނޑާ ދިރުވައި އާލާކުރުން އަދި ލޯކަލް ޓޫރިޒަމް ފަދަ އިޤްތިޞާދީ އަދި ސިނާޢީ ގިނަ މަސައްކަތްތަކެއް އެރަށުގައި ކުރެވިދާނެ ކަމަށް ފިރުޝާން ވަނީ ވިދާޅުވެފައެވެ.

ހާދޫއަކީ ހޯޑެއްދޫ އިހުތިސާސަށްވެސް ދާ ރަށެކެވެ. އެހެންނަމަވެސް ހޯޑެއްދޫ އިހުތިސާސްގައި އިތުރު ރަށްތައް ހުރުމުން ފިރުޝާން އެދިލެއްވީ މަޑަވެލީ އިހްތިސާސްގައި އޮތް ހަމައެކަނި ރަށް ކަމަށްވާ ހާދޫ މަޑަވެލީގެ ބަޔަކަށް ހެދުމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!