ޚަބަރު
ޔާމީންގެ މަރުގެ މައްސަލައިގައި ހުކުމް ކުރުން ފަސްކޮށްފި

މީޑިޔާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ހުކުމް އިއްވަން ތާވަލް ކުރެވުނު އަޑުއެހުން ފަސްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން ވިދާޅުވި ގޮތުގައި ހުކުމް އިއްވެވުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް ލަސްކޮށްފައިވަނީ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރި ނުވެވޭނެތީއެވެ.

އޭޕްރިލް 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު މ. ސްޕެޓީއުލާ ގޭ ސިޑި ކައިރި އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ.

މިމައްސަލައިގައި ނޮވެމްބަރ 18 ވަނަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ޤާޒީ އާދަމް މުހައްމަދު ވިދާޅުވީ ކުރިޔަށް އޮތް 30 ދުވަސްތެރޭ ހުކުމް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އާއިލާގެ އެދުމަށް މިއަޑުއެހުން މިވަނީ ފަސްކޮށްފައެވެ.

ޔާމީން ރަޝީދުގެ އާއިލާއިން ހުރިހާ އަޑުއެހުމެއްގައި ބައިވެރިވެފައިވާތީ ހުކުމް ކުރަން ބާއްވާ އަޑުއެހުމުގައިވެސް ބައިވެރިވާން ބޭނުންވެގެން އަޑުއެހުން ފަސްކޮށްދެއްވުމަށް އެދި އާއިލާއިން ވަނީ ކްރިމިނަލް ކޯޓުގައި އެދިލައްވާފައެވެ.

މީގެ ކުރިންވެސް މައްސަލަ ނިންމެވުމަށް މި މައްސަލަ ބެއްލެވި ގާޒީން ތާވަލް ކޮށްފައިވެއެވެ. މި މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ގާޒީ އަކީ މި މައްސަލަ ބައްލަވާ ތިންވަނަ ގާޒީއެވެ. މީގެ ކުރިން މައްސަލަ ބެއްލެވީ މިހާރުގެ ސުޕްރީމް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން މިހާރު އިސްތިއުފާ ދެއްވާފައިވާ ގާޒީ އިބްރާހީމް އަލީއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!