ފެންޑާ
މުހިންމީ އަގު ބޮޑެތި ހަދިޔާތަކެއް ނޫން، އުފަލާއި ހިތާމައިގެ ބައިވެރިވާނެ ބައިވެރިއެއް

އިންޓަރނެޓްގައި ދައުރުވަމުން ދިޔަ ފޮޓޯއަކަށް ނަޒަރު ހުއްޓުނެވެ. މިފޮޓޯ ސޯޝަލް މީޑިޔާގައި ގިނަބަޔެއް ޝެއަރކޮށް ކޮމެންޓް ކޮށްފައި ވެއެވެ.

މިފޮޓޯއަކީ ވަރަށް މާނަފުން ފޮޓޯއެއްގެ ގޮތުގައި ފާހަގަކުރެވުނެވެ. އަންހެނަކާއި ފިރިހެނެއް ފޮޓޯގައި ފެންނައިރު، ލަފާކުރެވޭ ގޮތުގައި ދެމީހުން ފާހަގަކުރަނީ ދެމީހުންނަށްވެސް ޚާއްސަ ދުވަހެކެވެ. ދެމީހުންވެސް ރީތިކޮށް ހެދުން އަޅާފައިވާކަން ފާހަގަކުރެވެއެވެ. ފިރިހެން މީހާ ސޫޓެއް ލާފައި ވާއިރު، އަންހެން މީހާ ވެސް ހުރީ ޚާއްސަ ހެދުމެއްގައި ކަން ފާހަގަކޮށްލެވެއެވެ. ފެންނަ ފެނުމަށް މިއީ ދެމަފިރިންނަށް ނުވަތަ ދެލޯބިވެރިންނަށް ވުމަކީވެސް އެކަށީގެން ވެއެވެ. ދެމީހުންވެސް މިފަދަ ޚާއްސަ ގޮތަކަށް ހެދުން އަޅާފައި ވުމުން އެނގިގެންދަނީ ފާހަގަކުރަނީ ވަރަށް ޚާއްސަ އަދި މުހިންމު ދުވަހެއްކަމެވެ.

ލަފާކުރެވޭ ގޮތުން މިއީ ދެމަފިރިންގެ ގޮތުގައި ބެލެވެއެވެ. އަދި ފާހަގަ ކުރަނީ ދެމަފިރިންގެ އެނިވާސަރީ ކަމުގައި ބެލެވެއެވެ. ނަމަވެސް ކިތަންމެ ރިތިކޮށް ހެދުން އަޅާފައި ތިބި ކަމުގައި ވީނަމަވެސް، ފޮޓޯ އޭގެ ޒާތުގައި ތަފާތު ވާހަކަތައް ކިޔައިދެއެވެ. ދެމީހުންގެ ދިރިއުޅުމުގެ ހާލަތެވެ. އެނިވާސަރީ ފަދަ ޚާއްސަ މުނާސަބަތު ތަކުގައި އާންމުކޮށް ފެންނަ ބޮޑެތި ކޭކުތަކާއި، ބޮޑެތި ގުލްދަސްތާތަކާއި، އަގު ބޮޑު ހަދިޔާތަކެއް ނުފެނެއެވެ. އޭގެ ބަދަލުގައި ކޭކެއްގެ ގޮތުގައި ފެންނަނީ ޕާނެކެވެ. އެއްވެސް ހަދިޔާއެއް ނެތެވެ. ބޯ ބުއިމަކަށް ހުރީ ސޮފްޓް ޑްރިންކް ފުޅިއަކާއި، ޖޫސްބޯ ތައްޓެކެވެ.

ލަފާކުރެވޭގޮތުން މިފަދަ ޚާއްސަ ދުވަހަކަށް ބޮޑެތި ކޭކު އަދި އަގުބޮޑެތި ހަދިޔާ، އެ ދެމަފިރިން ގަންނާނެ ފައިސާ އަތުގައި ނެތީއެވެ. އެހެން ނޫންނަމަ، އެމޭޒުމަތި އެހާ ފަޅުވެފައި ނުހުންނާނެއެވެ. ނަމަވެސް އެނިވާސަރީ ނުވަތަ އުފަންދުވަސް ފާހަގަ ކުރުމަށް ބާއްވާ ބޮޑެތި ހަފްލާތަކުން ފެނިގެން ނުދާ ތަފާތުކަމެއް މިފޮޓޯއިން ފާހަގަކުރެވެއެވެ.

މިފޮޓޯއިން ފެންނަގޮތުގައި، އެކަކު އަނެކަކަށް ދޭނެ އަގު ބޮޑު ހަދިޔާތަކެއް ނެތް ނަމަވެސް، އެކަކު އަނެއްކެއްގެ އުފަލުގައި ބައިވެރިވެ، އެކަކު އަނެކާއަށްޓަކައި ތެދުވުމުން ދެމީހުންވެސް ފެންނަނީ އުފަލުން ފޮޅިފައެވެ. އެކަކު އަނެކަކަށްޓައި ވާކަމުގެ މިއިތުބާރާއެކު، ލިބޭ ހިތްހަމަޖެހުމަކީ ދުނިޔޭގައިވާ ހުރިހާ ފައިސާއެއް އެއްކުރި ނަމަވެސް ހާޞިލް ނުކުރެވޭނެ އެއްޗެކެވެ.

މުހިންމީ ކޮންމެ މުނާސަބަތެއްގައި އަގު ބޮޑެތި ހަދިޔާތަކެއް ދިނުމެއް ނޫނެވެ. މުހިންމީ އެކަކު އަނެކަކު ދަންނަ، އުފަލާއި ހިތާމައިގެ ބައިވެރިވާނެ ރަނގަޅު ބައިވެރިއެކެވެ. ހަޤީޤީ މުއްސަދި ކަމަކީ އެއީއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!