ޚަބަރު
ކޮވިޑް ފެތުރެމުން ދާތީ ގައްދޫ އާއި ހޯނޑެއްދޫ އަށް އަރާފޭބުން މަނާ ކޮށްފި

ކޮވިޑް19 ފެތުރެމުން ދާތީ ގދ،ގައްދޫ އާއި ގދ.ހޯނޑެއްދޫ އަށް އަރާފޭބުން މަނާކޮށް ދެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފިއެވެ.

ހޯނޑެއްދޫއިން މިހާތަނަށް 17 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، ގައްދޫ އިން އިއްޔެ ހަތަރު މީހަކު ކޮވިޑަށް ފައްސިވެ ޖުމްލަ ފައްސިވި އަދަދު 5 އަކަށް ވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހޯނޑެއްދޫ އާއި ގައްދޫ މޮނީޓަރިންގ ހާލަތަށް ގެނައިކަން އަންގާފައެވެ. އެހެންކަމުން އެޗްޕީއޭގެ ހުއްދައެއް ނެތި އެދެރަށުން ކުރެ އެއްވެސް ރަށަކުން މީހަކު ފުރުމާއި އެރަށްތަކަށް ދިއުން ވެސް މަނާ ވާނެއެވެ.

ހޯނޑެއްދޫ އާއި ގައްދޫގެ އިތުރުން ގދ އަތޮޅުގެ ރަށްތަކުގެ ތެރޭގައި މިހާރު ކޮވިޑް ކޭސްތައް އޮތީ ތިނަދޫ އާއި ރަތަފަންދޫ އަދި ވާދޫގައެވެ.

އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑަށް ޕޮޒިޓިވްވި 190 މީހުންގެ ތެރެއިން 71 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 47 މީހުންނެވެ. އަދި ރިސޯޓްތަކުން 71 މީހަކާއި، ސަފާރީތަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 95،222 އަށް އަރާފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެތުރެމުންދާއިރު، މިވޭރިއަންޓުން ރައްކާތެރިވުމައްޓައި ގިނަ މީހުން އެއްވެ ހިންގާ ހަރަކާތްތައް މަދުކުރުމަށް ނުވަތަ މިވަގުތަށް ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. އިނާޔަތު

  ހާދަ ފަހަތަކު ތިއުޅެނީ. އިއްޔެ ތިކަން ހިގީ ގާފު ނޫހުން އޮތް ވަގުތުން ހަބަރު ގެނެސްދީފަ.

  • ތަކާއިކޮންތުރާލެކެ...

   ކޮން ފޮތަކު އޮއްތޫ ޚަބަރައްކޫ ވަގުތުން އަރުވަންނަން ޖެހެންނެ އެއްތެކެޔަ؟ އަދި ބައިކެންނެ ކަމެކެ ކޮޅެފެހޭ ދެންތެއި އެންމެނެސް އެކަމާ ކެރަންނަން ޖެހެއި؟