ޚަބަރު
ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުނުކުރެވޭ ރަށެއް ރާއްޖޭގައި މިހާރު ނޯންނާނެ: ރައީސް ސޯލިހު

މިއަދަށްފަހު ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހަވާލުނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ބާކީހުރި 23 ރަށެއްގެ ފެނުގެ ނިޒާމާއި 16 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ އެވައުދު ފުއްދުމުގެ މަންޒިލަށް ބަނދަރު ކުރުމަށްޓަކާ މިގައުމުގެ ރިޔާ ތަންމިނަށް ހުޅުވާލާ، ކަންކަށިން ފޮނުފޮޅާލާ ދުވެލި ހަރުކުރި ދުވަސް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ވަރަށް ބޮޑު ޚަރަދައެއް ކޮށްފައިވާ ކަމަށާއި ބުނެލަން ފެސޭހަޔަސް އެއީ ހަޤީގަތުގައި ނުހަނު ބުރަ އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއަދު ސޮއިކުރެވިގެންދިޔަ އެއްބަސްވުންތަކާއެކު ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް މިވަނީ ހަވާލުކުރެވިފައެވެ.

މީގެއިތުރުން މިއަދު ރާއްޖެ މިފުރޮޅާލީ ތަރައްޤީގެ މުޅިން އެހެން މަރުހަލާއަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމަކީ ކުރުން ލާޒިމް ކަންތައްތައް ނުކޮށް އަތްއުރާލައިގެން ތިބެން ޖެހޭ ބަހަނާއެއް ނޫނަކަމަށް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!