ޚަބަރު
ރަތަަފަންދޫގައި މޮނީޓަރިންގ އުވާލާ ރަށް ހުޅުވާލައިފި

ގދ.ރަތަފަންދޫގައި ކޮވިޑްގެ ކޭސްތައް ކޮންޓްރޯލްކުރުމަށްފަހު އެރަށް ހުޅުވާލައިފިއެވެ.

ޑިސެމްބަރ 12 ވަނަ ދުވަހު ރަތަފަންދޫ މޮނީޓަރިންގ ހާލަތަށް ގެނެވިފައިވަނީ މުޖުތަމައުތެރެއިން ކޮވިޑްގެ ގިނަ ކޭސްތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ރަތަފަންދޫގައި މިބަލި ކޮންޓްރޯލްކުރުމަށްފަހު އެރަށުގެ މޮނީޓަރިންގ އުވާލިކަން ރަތަފަންދޫ ކައުންސިލުން މިވަނީ ކަށަވަރުކޮށްދީފައެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަަލް ހޮސްޕިޓަލްގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ރަތަފަންދޫއިން މިހާތަނަށް ކޮވިޑް-19ގެ 40 ކޭސް ފެންމަތިވީ ނަމަވެސް 39 މީހަކު މިވަނީ މިބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެކްޓިވް ކޭސްގެ އަދަދު މިވަނީ 01 އަށް ކޮންޓްރޯލް ކޮށްފައެވެ.

މިއަދާ ހަމަޔަށް މޮނީޓަރިންގައި ތިބި ރަށްތަކުގެ ތެރެއިން ހދ.ހަނިމާދޫގައި މޮނީޓަރިންގ އުވާލާ އެރަށްވެސް މިވަނީ މިއަދު ހުޅުވާލާފައެވެ.

އެހެންކަމުން މިވަގުތު މޮނީޓަރިންގައި ތިބި 16 ރަށަކީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ހުޅުމީދޫގެ އިތުރުން މ.މުލައް، ދ.ކުޑަހުވަދޫ، ދ.ހުޅުދެލި، ނ.ލަންދޫ، ތ.ވިލުފުށި، ތ.ހިރިލަންދޫ، ތ.ތުލުސްދޫ، ހދ.ނައިވާދޫ، ގދ.ވާދޫ، ގދ.ހޯޑެއްދޫ، އަދި ގދ،ގައްދޫއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!