ޚަބަރު
އިސްލާމިކް ބޭންކުގެ ސީއީއޯ މަޤާމުން ވަކިކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުލް އެހްތެޝާމް އަބްދުލްމުހައިމިން އެ މަޤާމުން ވަކިކޮށްފިއެވެ.

އެމް.އައި.ބީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅިގެން ހިންގި މުސްތަގިއްލު އިންކުއަރީއަކާއި އޮޑިޓު އަދި ޕޮރޮސެސް ރިވިއުއަށް ފަހު އެހްތެޝާމް ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިއަދުން ފެށިގެން ވަކި ކުރުމަށް އެ ބޭންކުގެ ބޯޑު ބައްދަލުވުމަކުން އިއްޔެ ނިންމާފައިވާ ކަމަށެވެ. އަދި އެ ބޭންކުން ހިންގި ތަހުގީގަށްފަހު ބޭންކިން ދާއިރާއާއި ގުޅުން ހުރި ޤާނޫނުތަކާއި ޤަވައިދުތަކުގައި ބަޔާންކޮށްފައިވާ، މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އިސްލާމިކް ފައިނޭންސިންގެ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހޯދާފައިވާ އެހްތެޝާމް އިސްލާމިކް ބޭޏކުގެ ސީއީއޯއަކަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އެމްއައިބީ އިން ބަލަމުން އައި މައްސަލައަކާ ގުޅިގެން މިއަހަރު އޮކްޓޯބަރ 26 ވަނަ ދުވަހު އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!